ދިވެހިންނަކީ އަބަދުވެސް އެއްމެ ފަހުގެ ފޯނުތަކަށް ލޯބި ކުރާ ބައެކެވެ. އެގޮތުން އައިފޯނަކީ ދިވެހިން މާ ކަމުދާއެޗެކެވެ. ތިމާދަރަނި ވެރިވެގެން ނަމަވެސް އައިފޯނެއް ގަންނަމީހުން މަދެއްނޫނެވެ. އައިފޯނު ގަތުން މައްސަލައެއްނޫނެވެ. އެމީހެއްގެންގުޅޭނީ އެމީހަކަށް ކަމުދާއެއްޗެއްނޫންތާއެވެ. އެކަމަކު އުފެދޭ އެއް ސުވާލެއް އަބަދުވެސް އޮވެއެވެ. އައިފޯނުގެ ރިންގު ޓޯންއަކީ ބަދަލު ނުކުރެވޭ އެއްޗެއްބާއެވެ.

މި ސުވާލު އުފެދުނު ހިސާބުން ފަށަމާ ހިގާށެވެ. އެދުވަހު އެއީ އޮފީހުގެ މީޓިންގް އެއް އޮތް ދުވަހެކެވެ. އިސްމަޤާމުތަކުގެ އެތަށް ބަޔަކާއެކު އޮތް ބައްދަލުވުމެކެވެ. އެމީހެއް އެމީހެއްގެ މަސައްކަތު އަވަދި ނެތި އުޅެއެވެ. ކުއްލިކަށް އެންމެން ސަމާލުކަން ހުއްޓުނީ ފޯނެއްގެ އަޑަށެވެ. ހަމަ ޔަގީނުންވެސް އިވޭ އަޑުން ކޮންކަހަލަ ފޯނެއްކަން އެންމެނަށްވެސް ސާފެވެ.

އާއެކެވެ! އެއީ އެއްކަލަ އައިފޯނެއްގެ އަޑެވެ. ދެވަނަ ފަހަރަށް އެ އަޑު ތަކުރާރު ވުމުން އަނެއްކާވެސް އޭނާއަށް އޭނައަށް ފޯން ކޯލެއް އަންނަނީކަމަށް ހީކުރީމެވެ..އެކަމަކު ހީކުރިގޮތާ ޚިލާފަށް މިފަހަރު ފޯނު ނަގާ ވާހަކަ ދެއްކީ އެހެންމީހެކެވެ.

މިގޮތަށް ދެތިން ފަހަރަކު ތަކުރާރު ވުމުން ޖެހިގެން ހުރި އޮފީސް ކުއްޖެއްކުރެން އަހަރެން އަހާލީމެވެ. ފޯނުގެ ރިންގު ބަދަލު ނުކުރެވޭނެ ހެއްޔެވެ.؟ އެކުއްޖާ ސަމާސާ ރާގަކަށް ހީލި ގޮތުންވެސް މި އެހުނީ ތާކުންތާކު ނުޖެހޭ ސުވާލެއްކަން ފަހުމު ވިއެވެ. އެކަމުވެސް ހިތުގަ އޮތީމަ ނާހާ ނުވާނެތާއެވެ.

ވާނީވެސް އެހެންތާއެވެ. އަހަރުމެއް އަދި އައިފޯނެއް ގެންގުޅެވޭހާ ފެންވަރެއް ނެތެވެ. ނޭގޭ އެއްޗެއް އިނގޭ މީހެއްކުރެން އެހުމުން މައްސަލައެއް ނެއްތާދޯއެވެ. ގެންގުޅޭ އަދައިގެ ފޯނުން ބޭނުން ރިންގެއް ލެވެއެވެ. ނަމަވެސް އެންމެ ކުރީގެ އައިފޯނުން ފެށިގެން އައިފޯނު އެކްސް އިންވެސް ކިޔަނީ އެއް ރާގެކެވެ..

އައިފޯނުގެ ލޯގޯ އިންނަ ބީދައިން އައިފޯނުގެ ރިނގު ބަދަލު ނުވަނީ ބާއެވެ. ނުނީ ތިމާ އަތުގަ އޮއްނަނީ އައިފޯނެއްކަން ދައްކަން ރިންގް ބަދަލު ކުރަން ބޭނުންނުވަނީ ބާއެވެ. ހަމަގައިމުސް މަގުމަތީގަޔާއި ކުލާސް ރޫމު ތަކުގައި ރިންގަށް ލުމުގެ އިތުރު އެހެން ސަބަބެއް އޮންނާނެކަމަށް ޤަބޫލެއް ނުކުރަމެވެ. މިކަމުގެ ވާނުވާ ކަން ދަންނަ އައިފޯނުގެ ފޭނުން ދޭނެކަމަށް އުންމީދު ކުރަމެވެ.