ބޮލުން އިސްތަށިފައިބާތީ ލައްކަ ކަންތައް ކުރެވިއްޖެތާއެވެ. އެކި ކަހަލަ ޝޭންޕޫލާ އެކި ފާޑު ފާޑުގެ ކުރީމްތަށް ހާކަމުން އެބަގެންދަމުތާއެވެ. އެހެންނަމަވެސް މިފަހަރު މިކަމަށް މިއޮތީ ހައްލެކެވެ. ތަފާތު ވައްތަރުތަކުގެ ކެމިކަލްސް ބޭނުން ކުރުމުން އިސްތަށިގަނޑު ހަލާކުވެ، އިސްތަށި ފައިބާނަމަ، ގޭގައި އަމިއްލައަށް ތައްޔާރުކޮށްލެވޭ މިފަދަ ތަކެތި ބޭނުންކޮށްގެން ފަސޭހައިން ބޮލުން އިސްތަށި ފޭބުން ހުއްޓުވިދާނެއެވެ. އަދި ބޮލުން އިސްތަށި ފޭބުމަށ ފިސާރި އަވަހަށް “ނޯ” އޭބުނެވިދާނެވެ.

1.  ކާށި ތެޔޮ

ކާށި ތެލަކީ އިސްތަށި ފޭބުން ހުއްޓުވުމުގެ އިތުރުން އިސްތަށި ބުރިވެގެން ދިއުމުން ދުރުކޮށްދޭ އޭގައި ގިނަ އަދަދަކަށް މިނެރަލްސް، ޕްރޮޓީންސް، ޕޮޓޭޝިއަމް އަދި އަޔަން އެކުލެވޭ އެއްޗެކެވެ. ޕޮޓޭޝިއަމް އަދި އަޔަން ގެ ސަބަބުން އިސްތަށި ބުރިވުމުން ދުރުވެއެވެ.

ތައްޔާރުކުރާނެ ގޮތް:

ކާށި ތެޔޮ ފޮދު ހޫނުކޮށްލުމަށްފަހު އިސްތަށިތަކުގެ ބުޑުގައި ޖެހޭގޮތަށް ތެޔޮ ބޭނުންކޮށްގެން މަސާޖުކޮށްލާށެވެ.އެއް ގަޑި އިރުވުމުން އިސްތަށިގަނޑު ދޮވެލާށެވެ.

2 ފިޔާގެ ދިޔަ

ފިޔައަކީ އޭގައި ގިނަ އަދަދަކަށް ސަލްފާ އެކުލެވޭ ބާވަތެކެވެ. ފިޔާގެ ދިޔަ ބޮލުގެ ނާށިގަނޑުގައި އުގުޅުމުގެ ސަބަބުން އިސްތަށި ފޭބުމުން ދުރުކޮށްދެއެވެ.

ތައްޔާރުކުރާނެ ގޮތް:

ފިޔައެއް ކުދި ކޮށް ކޮށުމަށްފަހު އޭގެ ދިޔަ ފެލާށެވެ. ބޮލުގެ ނާށިގަނޑުގައި ފިޔާގެ ދިޔަ އުނގުޅުމަށްފަހު 15 މިނެޓް ވަންދެން ބަހައްޓާލާށެވެ. އެއަށްފަހު ކުޑަ ޝޭމްޕޫ ކޮޅެއް ބޭނުންކޮށްގެން ބޯ ދޮވެލާށެވެ. އިސްތަށިގަނޑަށް އަންނަ ބަދަލް ދެނެގަތުމަށް ހަފްތާއަކު 2 ދުވަހު ބޭނުންކުރާށެވެ.

3 ލޮނުމެދު

ލޮނުމެދަކީ ފިޔާ ކަހަލަ އެއްޗެކެވެ. ލޮނު މެދުގައިވެސް ގިން އަދަދަކަށް ސަލްފާ ހިމެނެއެވެ. ލޮނުމެދު ބޭނުން ކުރުމުގެ ސަބަބުން ބޮލުން އިސްތަށިފޭބުމުގެ އިތުރުން ހަންފޮޅުމުން ދުރުކޮށްދީ، އިސްތަށިފެޅުން އިތުރުކޮށްދެއެވެ.

ތައްޔާރުކުރާނެ ގޮތް:

ދެތިން ލޮނުމެދު މުގުރާލާށެވެ. ލޮނުމެދާއި ކާށިތެޔޮފޮދެއް އެއްކޮށްލުމައްފަހު ކައްކާލާށެވެ. ހޫނުކުރި ލޮނުމެދުކޮޅު ހިހޫވުމުން ބޮލުގެ ނާށިގަނޑުގައި އުގުޅުމަށްފަހު މަސާޖުކުރާށެވެ. 30 މިނެޓް ވަންދެން ބެހެއްޓުމަށް ފަހު ބޯ ދޮވެލާސެވެ. އަދި ހަފްތާއަކު ދެފަހަރަށް ބޭނުންކުރާށެވެ.

4 ކުކުޅު ބިސް

ކުކުޅު ބިހަކީ އިސްތަށިގަނޑަށް ވަރަށް ގިނަ ގޮތް ގޮތުން ފަރުވާއެކެވެ. ކުކުޅު ބިހުގައި މަތީ އަދަދަކަށް ޕްރޮޓީން، ޒިންކް، އްޔޮޑިން، ސަލްފަރ އަދި ސެލީނިއަމް ހިމެނެއެވެ. މި މާއްދާތަކަކީ އިސްތަށިގަނޑު ދިގުވެ، އިސްތަށި ފޭބުން ހުއްޓުވުމަށް އެހީވެދޭ މާއްދާތަކެކެވެ.

ތައްޔާރުކުރާނެ ގޮތް:

ކުކުޅު ބިހުގެ ހުދުބައި ޒައިތޫނި ތެޔޮ ފޮދަކާއި އެއްކުރާށެވެ. ރަނގަޅަށް ގިރާލެވުމުން ބޮލުގެ ނާށިގަނޑުގައި އަދި އިސްތަށިގަނޑުގައި އުގުޅާށެވެ. 15 -20 މިނެޓް ވަންދެން ބެހެއްޓުމަށްފަހު ކުޑަ ސޭމްޕޫ ކޮޅެއް ބޭނުންކޮށްގެން ބޯ ދޮވެލާށެވެ.