އަބަދުވެސް ކޮފީއިންލިބޭ ގެއްލުންތަކުގެ ވާހަކަ އަޑުއިވެއެވެ. ނޫސްތަކުގެ ފަލަ ސުރުޚީ ތަކުގައި ކޮފީއިން ލިބޭ ގެއްލުންތަކުގެ ވާހަކަ ލިޔެފައި ހުންނައިރު ކޮފީއިން ލިބޭ ފައިދާގެ ވާހަކަ މީހުން ނުދައްކަނީ ކީއްވެބާއޭ ހިތައް އަރައެވެ.

ކޮންމެޔަކަސް ގިނަ މީހުން ދެއިރު ދެދަޅައަށް ބޯ ބުއިމަކަށް ކޮފީ ވެފައިވާއިރު، މިކަމުން ލިބޭ ފައިދާ ތަކަށް ބަލާލަމާ ހިގާށެވެ.

ފުރަތަމަ ކަމަކަށް ކޮފީއަކީ މީހާ ތާޒާކޮށް ހަށިގަނޑު ހަރަކާތްތެރިކޮށްދޭ އެއްޗެކެވެ. ކޮންމެ ދުވަހަކު 8 ޖަހާއިރު އަރާމުނިދި ނަގާލާ އޮފީހަށް ދިޔަ ނަމަވެސް، ނިދި އައިސްފައި ހުރުމުންގެ ސަބަބުން މަސައްކަތަށް ފަރުވާކުޑަވެ، ފޫހިވާގޮތްވެއެވެ. މިގޮތަށް ވާނަމަ މަސައްކަތް ފެށުމުގެ ގަޑިއެއްހާއިރު ކުރިން ކަޅު ކޮފީތައްޓެއް ބޯލުމުން މީހާ ވަރަށް ހަރަކާތްތެރިވާނެއެވެ. ކޮފީގައި ހުންނަ ކެފެއިންގެ ސަބަބުން ލޭގެ ޕްރެޝަރ އަވަސް ކޮށްލަދެއެވެ. އޭގެ ސަބަބުން މީހާގެ ހަށިގަނޑު ކަންނެތް ކަމުން ދުރުކޮށްލަދީ މީހާ ވަރަށް ތަޒާވެއެވެ.

ދެވަނަ ކަމަކަށް ކޮފީއަކީ ބަރުދަން ލުއިކޮށްދޭ ބުއިމެކެވެ. ދެމީހަކު އެއްތަން ވެއްޖެނަމަ މިހާރު ދެކެވޭ އެއްވާހަކައަކީ ބަރުދަން ލުއިކުރުމަށް ކުރާ މަސައްކަތުގެ ވާހަކައެވެ. ނުކައިނުބޮއެ ޑައިޓްގައި ހުންނަ ވާހަކައެވެ. އެހެންނަމަވެސް ބަރުދަން ލުއިކޮށްލުމަށް މާސަޅި ހައްލެއް އެބައޮތެވެ. އެއީ ކޮފީއެވެ. ކޮފީއަކީ ބަރުދަން ލުއި ކޮށްލުމަށްވެސް ލާމަސީލު ބުއިމެކެވެ. ކޮފީގައި ހިމެނޭ މެގްނީޒިއަމް އަދި ޕޮޓޭޝިއަމް އަކީ ލޭގައި ހިމެނޭ ހަކުރުގެ މިންވަރު މޮނިޓާކޮށް، ފޮނި އަދި ލުއި ކާނާތަށް ކެއުމުން މީހާ ދުރުކޮށްދޭ އެއްޗެކެވެ.

ހަށިގަނޑަށް އެތަކެއް ގެއްލުމެއް ލިބޭ ބުއިމެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ކޮފިއަކީ ލިބޭ ގެއްލުމަށްވުރެ ބޮޑަށް ފައިދާ ލިބޭ ބުއިމެކެވެ. ދުވާލަކު 3 ނުވަތ 4 ތަށި ކޮފީ ބުއިމަކީ ހަށިގަނޑައް ފައިދާ ހުރި ކަމެކެވެ. އަދި އޭގެ އިތުރުން ސިއްހީ އެތަކެއް މައްސަލަތަކަކުންވެސް ދުރުކޮށްދެއެވެ. މިތަނުގައި ކޮފީއިން ލިބޭ ދެފައިދާއެއް ލިޔެވިފައިއޮތަސް ކޮފީއަކީ އޭގެން ގިނަގުނަ ފައިދާ ލިބޭ ބުއިމެކެވެ.