ބޮޑު މުސާރައެއް ހޯދުމަކީ ކޮންމެ މީހެއްގެވެސް އަޒުމެކެވެ. ހަމަ މިއުސޫލު ބޮލީވިޑްގެ ބަތަލާއިން ތަކުގެ ތެރޭގައި އޮވެއެވެ. ކާމިޔާބު ފިލްމުތަށް ކުޅެ ބޮކޮސް އޮފީސްގައި ހިޓްސްގިނަ ކުރިވަރަކަށް މިމީހުންގެ މުސާރަ ބޮޑުވާއިރު، ގިނަ ފިލްމްތަށްކުޅެ ބެލުންތެރިންގެ މެދުގައި މަޤްބޫލު ވުމަކީ މިވެރިންގެ އާދައެކެވެ.

މިގޮތުން ވޭތުވެދިޔަ 2107 ވަނަ އަހަރު އެންމެ ބޮޑު އާމްދަނީ އެއް ހޯދި 10 ބަތަލާއިންނަށް ބަލާލަމާ ހިނގާށެވެ.

މީޑިޔާ ރިޕޯޓްތަށް ބުނާގޮތުގައި ބަތަލާއިންގެ ތެރެއިން އެންމެ ބޮޑު އާމުދަނީއެއް ބޮލީވުޑް އިން ލިބެނީ މަޝްހޫރު ތަރި ދީޕިކާ ޕަޑުކޯނަށެވެ. އެގޮތުން ދީޕިކާ ކުޅޭ ކޮންމެ ފިލްމަކަށް 12 ކްރޯޑާއި 14 ކްރޯޑް (12 މިލިއަނާއި 14 މިލިއަން ރުޕީސް) ހޯދާކަމަށްވެއެވެ.

ދެވަނައަށް އެންމެ ބޮޑު އާމުދަނީ އެއްލިބެނީ ‘ކްއީން’ ގައި މޮޅު އެކްޓިން އެއް ދައްކާފައިވާ ބަތަލާ ކަންގަނާ ރަނޯތް އަށެވެ. އެގޮތުން ކުޅޭ ކޮންމެ ފިލްމަކަށް 11 ކްރޯޑް ( 11 މިލިއަން ރުޕީސް) ކަންގަނާ ހޯދައެވެ.

ލިސްޓުގެ ތިން ވަނައިގައި ހިމެނެނީ ބޮލީވުޑްގެ އިތުރުން ހޮލީވުޑްގައި ވެސް މަސައްކަތް ކުރަމުންދާ މަޝްހޫރު ތަރި ޕްރިޔަންކާ ޗޯޕްރާއެވެ. އެގޮތުން ޕްރިޔަންކާއަށް 8 ކްރޯޑާއި 10 ކްރޯޑް ( 8 މިލިއަން ރުޕީސް އާއި 10 މިލިއަން ރުޕީސް) ކުޅޭ ކޮންމެ ފިލްމަކުން ހޯދައެެވެ.

7 މިލިއަނާއި 9 މިލިއަނާއި ދެމެދުގެ އާމުދަނީ އެއް ކުޅޭ ކޮންމެ ފިލްމަކުން ހޯދައިގެން އެލިސްޓުގެ ހަތަރުވަނާއި ގައި ހިމެނެނީ ކަރީނާ ކަޕޫރެވެ. ކަރީނާއަކީ ބޮލީވުޑްގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކޮށް، ރަނގަޅު ތަޖުރިބާތަކެއް ހޯދާފައިވާ ބަތަލާއެކެވެ.

ފަސް ވަނައަށް އެންމެ ބޮޑު އާމުދަނީ އެއް ލިބެނީ ވިދްޔާ ބަލަން އަށް ކަމަށް ވެއެވެ. ކަހާނީ ފަދަ މަގުބޫލު ފިލްމުތައް ކުޅެފައިވާ ވިދްޔާއަށް ކުޅޭ ކޮންމެ ފިލްމަކަށް 5- 7 ކްރޯޑް ( 5-7 މިލިއަން ރުޕީސް) ހޯދައެވެ.