އުމުރުން އެންމެ ދެއަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި ޚަބަރާއި އެކު މުޅި ގައުމުގެ ސަމާލުކަން ވަނީ އެ ލާއިންސާނީ އަމަލަށް ހުއްޓިފައެވެ. ކުއްޖާ ރޭޕް ކުރުމުގައި ކުއްޖާގެ ބައްޕަ އާއި ކާފަ އަދި މުނިކާފަ ބައިވެރިވި ޚަބަރާއި އެކު ގިނަ ބަޔަކު ގެންދަނީ އެމީހުންނަށް އެންމެ ހަރުކަށި އަދަބު ދިނުމަށް ގޮވާލަމުންނެވެ. އަދި މިއާއެކު މީގެ ކުރިން މިފަދަ ކުށްތަކަށް އަރައިގަނެފައިވާ މީހުންގެ މައްސަލަތައް ދަނީ ފެންމަތިވަމުންނެވެ.

ތިރީގައި އެވާ ސައިޓުން މިފަދަ ލާއިންސާ ކުށްތަކަށް އަރާފައިވާ މީހުންގެ ފޮޓޯ އާއި މަޢުލޫމާތު ފެނިވަޑައިގަންނަވާނެއވެ.މި ވެބްސައިޓް ފަރުމާ ކުރެވިފައިވަނީ، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށް ސާބިތުވެ ޝަރީއަތުން ހުކުމެއް އިއްވާފައިވާ މީހުންގެ މަޢުލޫމާތު ހިމަހާފައިވާ ޑޭޓާބޭސްގެ ބޭނުން ފަސޭހައިން ޢާއްމުންނަށް ހޯދައިގަތުމަށްމަށް މަގު ފަހި ކޮށްދިނުމުގެ ގޮތުންނެވެ.

http://www.offenders.mv/dhivehi/

ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތް:

  • ކުޑަކުދިންނަށް ޖިންސީ އަނިޔާ ކުރާ މީހުންގެ ނަންތައް އިންޓަނެޓުން ފަސޭހައިން ބެލޭނެ ގޮތް ހުރުން.
  • އެސްއެމްއެސްގެ ޒަރިއްޔާއިން ވެސް އަދި އެމީހުންގެ އައިޑީކާޑު ބޭނުން ކޮށްގެން ނަމަވެސް ފަސޭހަ ކަމާ އެކު އެމީހުންގެ މައުލޫމާތު ދެނެގަނެވޭނެ ނިޒާމެއް ގާއިމު ކުރުން.