މައިން ބަފައިން ޣާފިލުވެ ތިއްބައި ފޯނަކީ ގެދޮރު ޝައިޠާނާގެ ކިއްލާއަކަށް ވެއްޖެކަަމަށް ޝައިޚް ނޫމާން ޢަލީ ޚާން ވިދާޅުވެއްޖެއެވެ.

ސެއިޚް  ވިދާޅުވީ “ ނިކަން ވިސްނައިބަލާށެވެ! ފޯނުގެ ސަބަބުން ގޭގެ ކޮންމެ ކޮޓަރިއަކީ ޝައިޠާނާގެ ކިއްލާއަކަށް ހަދައިފިއެވެ. ތިމާގެ ކުދި ދަރިން ނަރަކައަށް ދަމައި ގެންދާ އެންމެ ގަދަ ބާރަށް ވެއްޖެއެވެ. ކަންކަން މިހިސާބަށް ދިއައިރުވެސް މައިން ބަފައިން އަދިވެސް ތިއަ ތިބެނީ ޣާފިލުކަންމަތީގައެވެ. ތިއަ ޣާފިލުކަމުން ހޭލަން ބޭނުންވަނީ އާޚިރަތް ދުވަހު ތިބާ އާއި ސުވާލުކުރެއްވުމާއި ހަމައިން ހެއްޔެވެ؟ އެފަދައިން މެދުވެރިވެއްޖެ ނަމަ ހުރި ހިތާމައެއްގެ ބޮޑުކަމާއިއެވެ! 


ސުމާޓް ފޯނުގެ ނުރައްކާތެރިކަން ހާމަކުރައްވަމުން ޝެއިޚް އިތުރަށް ވިދާޅުވީ “ މިއަދު އަތުގައި އޮންނަ ފޯނަކީ ފިލްމް ބަލައިލެވޭ ސްމާޓް ފޯނަކަށް ނުވާނަމަ އެއީ ފޯނަކަށް ނުވެއެވެ. ސްމާޓް ފޯނެއް އަތުގައި ނެތް ނަމަ އެއީ މީހަކަށް ވެސް ނުވެއެވެ. ހިތާމައަކީ އެ ފޯނުގެ ބޭނުން ހިފެމުންދާ ގޮތެވެ. އަހަރަކު ޓިރިލިއަން ޑޮލަރުގެ ވިޔަފާރި ކުރެވެމުން އަންނަ ބަރަހަނާ ފިލްމުތައް މީސްތަކުންނަށް އެންމެ ފަސޭހައިން ފޯރުކޮށްދޭ ވަސީލަތަކީ ކޮންމެ މީހެއްގެ އަތުގައި އޮންނަ ފޯނުކަމަސްވެފައިވާ ކަމެވެ. ބައެއް މީހުން ބުނެއެވެ. އެފަދަ ފިލްމުތަކާއި މަންޒަރުތައް ބެލުމަކީ އެހައި ބޮޑުކަމެއް ނޫނެވެ. އެކަމުން އެހެން މީހަކަށް ލިބޭ އެއްވެސް އުނދަގުލެއް ނެތެއް ނޫން ހެއްޔެވެ؟ އެކަމުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބެނީ އެމީހަކަށެވެ. އެމީހެއްގެ ފުރާނައަށެވެ. އެމީހެއްގެ އާޚިރަތަށެވެ. ނަރަކައަށް ވަނުމަށް މަގުފަހިކޮށްދޭ އެންމެ ޢާންމު ވަސީލަތަކީ ފޯނުކަމަށް މިއަދު މިވަނީ ވެފައެވެ.“

މަސްދަރު: ޢިލްމު