ދިވެހިން އެންމެ ގިނައިން ސައިޓްތަކުގެ ތެރޭގައި ގިނަ އަދަކަކަށް ބަރަހަނާ މަންޒަރުތައް ގެނެސްދޭ ސައިޓްތައް ހިމެނޭ ކަމަށް ސިމިލާ ވެބްސް ރޭންކިންގ އިން ދަައްކައިފިއެވެ.

ސިމިލާވެބްސް ރޭންކިންގ އިން ދައްކާގޮތުގައި ރާއްޖޭގެ އެންމެ ގިނަ މީހުން ވަންނަ ސައިޓަކީ ގޫގަލްއެވެ. ދެން ޔޫޓިއުބް އަދި ފޭސްބުކްއެވެ. ހަތަރު އަދި ފަސްވަނައަށް އެންމެ ގިނަ މީހުންވަންނަނީ ބަރަހަނާ މަންޒަރުތައް އަދި ވީޑިއޯތައް ހުންނަ ދެ ސައިޓަށެވެ. އަދި ހަ ވަނައަށް އެންމެ ގިނަ މީހުން ވަންނަ ސައިޓަކީ ވަގުތުއެވެ.

ސިމިލާ ވެބްސްގެ ރޭންކިންގް

ޒިނޭއަށް މަގުފަހިވާ އެންމެ ބޮޑު އެއްކަމަކީ ޒިނޭއަށް މަގުފަހިވާފަދަ މަންޒަރުތައް ބެލުމެވެ. ބެލުންތިރި ކުރުމަށް ކީރިތި ޤުރުއާނުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ އަންގަވާފައިވެއެވެ. އަންހެނުންނާއި ފިރިހެނުންނަށް ވަކީން މި ދެއަމުރު ކުރައްވާފައިވެއެވެ.
﴿قُل لِّلْمُؤْمِنِينَ يَغُضُّوا مِنْ أَبْصَارِهِمْ وَيَحْفَظُوا فُرُوجَهُمْ ذَٰلِكَ أَزْكَىٰ لَهُمْ إِنَّ اللَّـهَ خَبِيرٌ بِمَا يَصْنَعُونَ﴾ {سورة النور ٣٠}

މާނައީ: “މުއުމިނު ފިރިހެނުންނަށް، އެއުރެންގެ ބެލުންތައް ތިރިކުރުމަށާއި، އެއުރެންގެ ފަރުޖުތައް ރައްކާތެރިކުރުމަށް ކަލޭގެފާނު އަންގަވާށެވެ. އެގޮތް އެބައިމީހުންނަށްޓަކައި، ޠާހިރުކަން ބޮޑެވެ. ހަމަކަށަވަރުން، ﷲ އީ، އެބައިމީހުން ކުރާކަންތައް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.”