ފޮރެކްސްއަކީ ކޮބާ؟

ފޮރެކް ނުވަތަ ފޮރިންގް އެކްޗޭންޖް މާކެޓަކީ، އެކި ބާވަތުގެ ފައިސާ ގަނެ ވިއްކުމުގެ ބާޒާރެވެ. ދުވާލެއްގެ މައްޗަށް5 ޓްރިލިއަން ޔޫއެސް ޑޮލަރު ފޮރެކްސް ބާޒާރުގެ ތެރޭގައި ދައުރުވެއެވެ. އެއީ ދިވެހި ރުފިޔާއިން ބަލައިފިނަމަ،77.1 ޓްރިލިޔަން ނުވަތަ77100 ބިލިޔަން ރުފިޔާއެވެ.

ފޮރެކްސް ޓްރޭޑުން ފައިދާ ލިބެނީ ކިހިނެތް؟

ފޮރެކްސް ޓްރޭޑުން ފައިދާ ލިބެނީ ޤައުމުތަކުގެ އިޤްތިޞާދަށް އަންނަ ބަދަލާ ގުޅިގެން އެ ޤައުމުތަކުގެ ފައިސާގެ އަގަށް އަންނަ ބަދަލު ދިރާސާކޮށް، އެ ފައިސާ ގަނެ ވިއްކައިގެންނެވެ.

ފޮރެކްސް ޓްރޭޑް ކުރެވޭ ގޮތް؟

ފޮރެކްސް އަބަދުވެސް ޓްރޭޑް ކުރެވޭނީ ދެ ބާވަތެއްގެ ފައިސާގެ އަގުގެ ތަފާތަށް ހެދިފައިވާ ކުއޯޓް ތަކަކުންނެވެ. މިސާލަކަށް (ERU/USD) މިގޮތަަށެވެ. ކޮންމެ ކުއޯޓެއްގައިވެސް ދެބާވަތެއްގެ ފައިސާގެ އަގު ހިމެނިފައިވާތީ، އަގު ކޮންމެ ކޮޅަކަށް ދަތުރު ކުރިކަމުގައި ވީނަމަވެސް، ފޮރެކްސް އިން ޓްރޭޑްކޮށްގެން ފައިދާ ހޯދޭނެއެވެ.

ފޮރެކްސް ޓްރޭޑް ކުރުމުގެ ފައިދާ

  • ފަށައިގަތުމުގައި ކުޑަ ކެޕިޓަލެއް (ރައުސުލް މާލެއް) ބޭނުންވުން
  • ދައުރުވާ ފައިސާގެ އަދަދު (ލިކުއިޑިޓީ) ބޮޑުވުން
  • 24 ގަޑިއިރު ފޮރެކްސް ބާޒާރު ހުޅުވިފައިހުރުން
  • ކޮމިޝަނަކާ ނުލާ ޓްރޭޑް ކުރެވުން

ފޮރެކްސް ޓްރޭޑް ކުރެވޭ ވަގުތުތައް

ފޮރެކްސް ބާޒާރު24 ގަޑިއިރު ހުޅުވިފައި ހުރިނަމަވެސް އަގަށް ބޮޑެތި ބަދަލުތަކެއް އަންނަނީ ތިރީގައިވާ ގަތުރުތަކުގައެވެ.

  • ނިއުޔޯކް ސެސަން (USD)  17:00 – 02:00
  • ލަންޑަން ސެސަން (GBP)  13:00 – 21:00
  • ޓޯކިޔޯ ސެސަން (JPY)  05:00 – 14:00

ޕިޕެޓް އާއި ޕިޕް

ފޮރެކްސް ކުއޯޓް ލިޔެފައިވާއިރު އަބަދުވެސް އެންމެ ފަހަތަށް ލިޔެފައިވާ ދެ އަދަދަކީ ޕިޕެޓާއި ޕިޕެވެ. މިސާލަކަށް، 1.51258 މިއަދުގައި ފެހި ކުލައިން ލިޔެފައި އެވަނީ ޕިޕެޓެވެ. އަދި ރަތްކުލައިން ލިޔެފައިއެވަނީ ޕިޕްއެވެ.

މީގެމާނައަކީ 1.51258 ކުން 1.51259 ބަދަލުވާ ބަދަލުވުމަކީ އެއް ޕިޕެޓެވެ.  އަދި 1.51259 ކުން 1.51269 ކަށް ބަދަލުވާ ބަދަލުވުން އެއީ އެއް ޕިޕްއެވެ.

ކަރަންސީ ކުއޯޓެއް ވިއްކާނީ (ސެލް ކުރާނީ) ކޮންއިރަކު؟

ކްއޯޓްގައި ހިމެނޭ ދެ ފައިސާ ނިސްބަތްވާ ދެ ޤައުމުގެ އިޤްތިޞާދު ދިރާސާ ކުރުމަށްފަހު، ކުއޯޓްގެ އަގު ދަށަށްދާނެ ކަމަށް ޤަބޫލު ކުރެވޭނެމަ ކުއޯޓް ސެލް ކުރާނީއެވެ. އޭރުން ސެލް ކުރާ ހިސާބުން (އެންޓްރީން) ފެށިގެން ތިރިއަށް އަންނަ ކޮންމެ ޕިޕެޓެއްގެ ފައިދާ ވާނެއެވެ.

ކަރަންސީ ކުއޯޓެއް ގަންނާނީ (ބައި ކުރާނީ) ކޮންއިރަކު؟

ކްއޯޓްގައި ހިމެނޭ ދެ ފައިސާ ނިސްބަތްވާ ދެ ޤައުމުގެ އިޤްތިޞާދު ދިރާސާ ކުރުމަށްފަހު، ކުއޯޓްގެ އަގު މައްޗަށްދާނެ ކަމަށް ޤަބޫލު ކުރެވޭނެމަ ކުއޯޓް ބައި ކުރާނީއެވެ. އޭރުން ބައި ކުރާ ހިސާބުން (އެންޓްރީން) ފެށިގެން ތިރިއަށް އަންނަ ކޮންމެ ޕިޕެޓެއްގެ ފައިދާ ވާނެއެވެ.

ޤައުމުގެ އިޤްތިޞާދަށް އަންނަ ބަދަލަށް ބަލާ ޓްރޭޑް ކުރާނީ ކިހިނެތް؟

ކްއޯޓްގެ ނޭސް ކަރަންސީ ނިސްބަތްވާ ޤައުމާ އަޅާ ބަލާއިރު، ކުއޯޓް ކަރަންސީ ނިސްބަތްވާ ކަރަންސީ ޤައުމު ކުރިއަރާނަމަ އެކުއޯޓްގެ އަގުދާނީ ދަށަށެވެ. ފޮރެސްކް ކުއޯޓެއް ކުއޯޓް ކަރަންސީ ނިސްބަތްވާ ޤައުމާ އަޅާބަލާއިރު،. ބޭސް ކަރަންސީ ނިސްބަތްވާ ޤައުމުގެ އިޤްތިޞާދު ކުރިއަރާނަމަ އަބަދުވެސް ކުއޯޓްގެ އަގުދާނީ މައްޗަށެވެ.

މިސާލު؛

USB/JPY

މަތީގައިވާ ކަރަންސީގެ ބޭސް ކަރަންސީއަކީ ޔޫއެސް ޑޮލަރެވެ. އަދި ނިސްބަތްވާ ޤައުމަކީ އެމެރިކާއެވެ. މިޕެއަރގެ ކްއޯޓް ކަރަންސީއަކީ ޖަޕަނީސް ޔެންއެވެ. ނިސްބަތްވަނީ ޖަޕާނަށެވެ. ޖަޕާނާ އަޅާބަލާއިރު، އެމެރިކާގެ އިޤްތިޞާދު ކުރިއަރާނެ ކަމަށް ޤަބޫލު ކުރެވޭނަމަ މިކުއޯޓް ގަންނާނީ (ބައި ކުރާނީ) އެވެ. އަދި ޖަޕާނާ އަޅާބަލާއިރު، އެމެރިކާގެ އިޤްތިޞާދު ދަށަށްދާނެ ކަމަށް ޤަބޫލު ކުރެވޭނަމަ މިކުއޯޓް ވިއްކާނީ (ސެލް ކުރާނީ) އެވެ.

ލެވަރޭޖްއަކީ ކޮބާ؟

ފައިސާގެ އަގަށް ބަދަލު އަންނަނީ ކޮންމެ ދުވަހަކުވެސް ވަރަށް ކުޑަ މިންވަރަކަށެވެ. އާއްމު ގޮތެއްގައި ބަދަލު އަންނަނީ އަގުގެ ފަހަތަށް ތިން ވަނަ ނުވަތަ ހަތަރުވަނަ ޑެސިމަލް ޕްލޭސްއަށެވެ. އެހެންކަމުން މިފަދަ ކުޑަ ބަދަލަކުން އެކަށީގެންވާ ފައިދާއެއް ހޯދުމަށް ބޮޑު ކެޕިޓަލެއް ބޭނުންވެއެެވެ. ލެވެރޭޖްއަކީ ބްރޯކަރގެ ފަރާތުން ފޯރުކޮށްދޭ މި ޚިދުމަތެވެ. މިގޮތުން ކޮންމެ ޓްރޭޑަކަށްވެސް އެއްބަސްވެފައިވާ ގުނައެއްގެ ފައިސާ ބްރޯކަރ އިން ލައިދެއެވެ. އެހެންކަމުން ކުޑައަދަދެއްގެ ފައިސާއިން ބޮޑު ފައިދާއެއް ހޯދެއެވެ.

ލޮޓް އަކީ ކޮބާ؟

ފޮރެކްސް ބާޒާރުގަިއި ފައިސާ ގަނެ ވިއްކާއިރު ގަނެ ވިއްކަނީ ސެޓްކޮށްފައިވާ ވަކި އަދަދުތަކުންނެވެ. މިފަދަ އަދަދުތަކަށް ކިޔަނީ ލޮޓްއެވެ. ކޮންމެ ލޮޓެއް ރަމްޒުކޮށްދެނީ އެ ޓްރޭޑެއްގައި ހިމެނޭނީ ފައިސާގެ ކިތައް ޔުނިޓް ކަމެވެ.

މައިކްރޯ ލޮޓް (0.01) މި ލޮޓްގައި ހިމެނޭނީ1000 ޔުނިޓް

މިނީ ލޮޓް (0.1) މި ލޮޓްގައި ހިމެނޭނީ10،000 ޔުނިޓް

ސްޓޭންޑާޓް ލޮޓް (1.0) މި ލޮޓްގައި ހިމެނޭނީ100،000 ޔުނިޓް

ސްޕްރެޑްއަކީ ކޮބާ؟

ފޮރެކްސް ކުއޯޓެއްގެ ދެ އަގު އަބަދުވެސް ފެންނަން ހުންނާނެއެވެ. އެއީ އާސްކް ޕްރައިޒް އަދި ބިޑް ޕްރައިޒްއެވެ. އާސްކް ޕްރައިޒް އަބަދުވެސް ހުންނާނީ ބިޑް ޕްރައިޒަށްވުރެ މަތީގައެވެ. އާސްކް ޕްރައިޒްއަކީ ބްރޯކަރއިން ކަނޑައަޅާފައިވާ އަގެވެ. ސްޕްރެޑްއަކީ މިދެއަގުގެ ތަފާތެވެ.

ފޮރެކްސް ޓްރޭޑްގެ އޯޑަރގެ ބާވަތްތައް

ފޮރެކްސް ޓްރޭޑް ކުރެވޭނީ ކަރަންސީ ކުއޯޓެއް ގަނެ ނުވަތަ ވިއްކައިގެންނެވެ. ފޮރެކްސް ކުއޯޓެއް ގަތުމަށް ނުވަތަ ވިއްކުމަށް ކިޔަނީ އޯޑަރެއް ދިނުމެވެ. މިގޮތުން ހުޅުވޭ ޓްރޭޑަކީ ދެވޭ އޯޑަރެވެ. ފޮރެކްސް އޯޑަރތައް ބެހެނީ މައިގަނޑު ދެ ބަޔަކަށެވެ. އެއީ މާކެޓް އޯޑަރާއި ޕެންޑިންގ އޯޑަރެވެ.

މާކެޓް އޯޑަރ

މާކެޓް އޯޑަރ ނުވަތަ އިންސްޓެންޓް އޯޑަރ އިން ހުޅުވިގެންދާ ޓްރޭޑްއަކީ ޓްރޭދަށް ޖެހުމަށްފަހު ވަގުތުން އެޓްރޭޑެއް ހިނގަން ފަށާ ޓްރޭޑެވެ. މި ޓްރޭޑްތައް ހުޅުވިގެންދަނީ މާކެޓްގައި އެވަގުތަކު ކުއޯޓެއްގެ އަގު ހުރި ހިސާބުންނެވެ. އެއަށްފަހު ޓްރޭޑް ނިމެންދެން ހިނގާ ކޮންމެ ޕިޕްއަކަށް ފައިދާ ނުވަތަ ގެއްލުން ލިބޭނެއެވެ.

ލިމިޓް އޯޑަރ

ލިމިޓް އޯޑަރއަކީ ކަރަންސީ ކުއޯޓެއްގެ އަގު ހުރި ހިސާބަށްވުރެ ތިރިން ގަތުމަށް(ބައި ކުރުމަށް) ނުވަތަ އަގު ހުރި ހިސާބަށްވުރެ މަތިން ވިއްކުމަށް (ސެލް ކުރުމަށް) ދެވޭ އޯޑަރެވެ. އަގު ހުރި ހިސާބަށްވުރެ ތިރިން ބައި ކުރުމަށްލަނީ ބައި ލިމިޓްއެވެ. އަގު ހުރި ހިސާބަށްވުރެ މަތިން ސެލް ކުރުމަށްލަނީ ސެލް ލިމިޓްއެވެ. ކަރަންސީ ކުއޯޓްގެ އަގު ކަނޑައެޅިފައިވާ ހިސާބަށް ދިއުމުން (ސެލް ލިމިޓް ހަމަވުމުން) އޮޓޮމެޓިކުން ސެލްވާނެއެވެ. އަދި ބައިލިމިޓް ހަމަވެއްޖެނަމަ ބައިވާނެއެވެ.

ސްޓޮޕް އޯޑަރ

ސްޓޮޕް އޯޑަރ އަކީ ކަރަންސީ ކުއޯޓްގެ އަގު ހުރި ހިސާބަށްވުރެ މަތިން ގަތުމަށް (ބައި ކުރުމަށް) ނުވަތަ އަގު ހުރި ހިސާބަށްވުރެ ތިރިން ވިއްކުމަށް (ސެލް ކުރުމަށް) ދެވޭ އޯޑަރެވެ. އަގު ހުރި ހިސާބަށްވުރެ މަތިން ގަތުމަށްލަނީ ބައި ސްޓޮޕްއެވެ. އަދި އަގު ހުރި ހިސާބަށްވުރެ ތިރިން ވިއްކުމަށް ލަނީ ސެލް ސްޓޮޕްއެވެ. މިގޮތަށް ކަންކުރުމަށް ބައި ކުރުމަށް ނުވަތަ ސެލް ކުރުމަށް ސްޓޮޕް ޖެހި ހިސާބަށް ކުއޯޓް ދިއުމުން އޮޓޯއިން ބައި ނުވަތަ ސެލްވާނެއެވެ.

ބްރޯކަރ އެއް ބޭނުންވަނީ ކީއްވެ؟

ބްރޯކަރއަކީ ޓްރޭޑް ކުރުމަށް ބޭނުންވާ އެކި ބާވަތުގެ ފައިސާ މާކެޓަށް ވައްދައިދޭ ފަރާތެވެ. ހަމައެކަނި ޔޫއެސް ޑޮލަރުން ހުޅުވާ އެކައުންޓުންވެސް ހުރިހާ ބާވަތެއްގެ ފައިސާ ގަނެ ވިއްކެނީ މިސަބަބަށްޓަކައެވެ. ފޮރެކްސް ޓްރޭޑް ކުރުމަށް ބޭނުންވާ ލެވެރޭޖް ފޯރުކޮށްދޭ ފަރާތަކީވެސް ބްރޯކަރއެވެ.

މަސްދަރު: އަނީލޫ ފޭސްބުކް ޕޭޖް