ހުކުރު ޚުޠުބާގައި އިމާމުމީހާ ދުޢާކުރުމުން އާމީން ކިޔުމަކީ ބިދުޢައެއް ހެއްޔެވެ؟

އެއީ ބިދުޢައެއް ނޫނެވެ. ޚުޠުބާގައި މުސްލިމުންނަށްޓަކައި ހެޔޮދުޢާކުރަން ފެށުމުން ޚުޠުބާކިޔާމީހާގެ ދުޢާއަށް އާމީން ކިޔުމަކީ މުސްތަޙައްބުވެގެންވާ ކަމެކެވެ. ނަމަވެސް ޖަމާޢީ ގޮތެއްގައި އަޑުހަރުކޮށް ކިޔުމެއް ނެތެވެ. ކިޔާނީ ކޮންމެ މީހަކުވެސް އަމިއްލައަށް މަޑުމަޑުންނެވެ. އޭގެ ސަބަބުން އަޑުގަދަވެ ދަތިވާ ގޮތަށް ކޮށްގެންނުވާނެއެވެ. ނަމަވެސް ކޮންމެ މީހަކުވެސް ޚުޠުބާކިޔާ މީހާގެ ދުޢާއަށް އާމީން ކިޔާނީ ސިއްރުންނެވެ.

ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙު އަލްޢުޘައިމީން رحمه الله

فتاوى أركان الإسلام / رقم: 322

މަސްދަރު: ދި ސަލަފިއްޔާ