އާއްމުކޮށް އެންމެންވެސް ކުރާ އެއް ޝަކުވާއެއް އޮވެއެވެ. ވައިފައި ސްލޯ ވާހަކައެވެ. ދިރާގު އަދި އުރީދޫގެ ސުލޯ އިންޓަރނެޓްގެ ސްޕީޑްގައި ވައިފައި ސްލޯވުމަކީ އަނެއްކާ އަނެއް ހަ ކަންތަކެވެ.
ގިނަ ފަހަރަށް ވައިފައި ސްލޯވަނީ ވައިފައިގެ ރޭންޖް ދަށްވާތީއެވެ. މިގޮތަށް ކަން ދިމާވެގެންދަނީ ވައިފައި ރައުޓަރއާ ފޯން ނުވަތަ ލެޕްޓޮޕް ބޭނުން ކުރާތީއެވެ. މިގޮތަށް ކަންތައް ދިމާވާނަމަ މިއޮތީ ހައްލެކެވެ.
ދިވެހިންގެ މެދުގައި މަޤްބޫލުކަން ހޯދާފައިވާ އަލިއެކްސްޕްރެސްއިން ވިއްކަމުން އަންނަ ވައިފައި ރިޕީޓަރއަކީ ދިވެހިންގެ ތެރެއިން ގިނަ ބަޔަކުވެސް މިއަދު ބޭނުން ކުރަމުން އަންނަ އެއްޗެކެވެ. ވައިފައި ރައުޓަރުން ކޭބަލް އެޅުމަށްފަހު ކަރަންޓަށް ޖަހަން ޖެހޭ މި ޑިވައިސްގެ އެހީގައި ވައިފައިގެ ރޭންޖް މަތިކޮށްދެއެވެ. މިއީ ތަންކޮޅެއް ބޮޑު ގެއެއްގައި އުޅޭނަމަ ބޭނުން ކުރަން ކޮންމެހެން ޖެހޭ އެއްޗެކެވެ. ސަބަބަކީ ކޮޓަރީގައި އޮވެ ޔޫޓިއުބް އަދި ފޭސްބުކް ލޯޑް ނުވުމަކީ ހާދަ ބޮޑު ތުރާލެއް ހެއްޔެވެ.
ޑިވައިސް ބޭނުންކުރައްވާނެ ގޮތް ތިރީގައި އެވަނީއެވެ.