މަޝްހޫރު ފިލްމީ ތަރި ސީޒަން އަލީގެ ފޭސްބުކް އެކައުންޓް ޑީއެކްޓިވޭޓް ކުރާ ކަމަށް ސީޒަން އަލީގެ ރަސްމީ ފޭސްބުކް އެކައުންޓްއިން ހާމަކޮށްފިއެވެ. ސީޒަން މިގޮތަށް ހާމަކޮށްފައި މިވަނީ ފޭކް އެކައުންޓް ތަކާއި ހެދި އުދަގޫ ވާކަމަށް މީގެ ކުރިން ސީޒަން ބުނެފައިވާ ދަނޑިވަޅެއްގައެވެ.

ދާދި ދެންމެ ސީޒަންގެ ރަސްމީ އެކައުންޓްއިން ކުރި ޕޯސްޓްއެއްގައި ސީޒަން ބުނެފައިވަނީ މިހާރު މިގެންގުޅޭ ފޭސްބުކް އެކައުންޓް ޑީއެކްޓިވޭޓް ކުރަން ނިންމާފައިވާ ކަމަށާއި ދެން ގެންގުޅޭނީ ފޭސްބުކް ޕޭޖް އެއް ކަމަށެވެ.

ސީޒަންގެ ނަމުގައި ފޭކް އެކައުންޓް ތަކެއް ހަދައިގެން އުޅޭ ތީ މީގެ ކުރިން ސީޒަންވަނީ ކަންބޮޑުވުންތަކެއް ފާޅުކޮށްފައެވެ. މިގޮތުން އާއްމުން ކުރެން މި އައިޑީ ރިޕޯޓް ކޮށްދިނުމަށް ސީޒަންގެ ޕޯސްޓެއްގައިވަނީ އެދިފައެވެ. މިގޮތަށް އައިޑީތަށް ހަދައިގެން އައިޑީތަކުން “ނާޖާއިޒު” ފައިދާ ނަގަމުންދާ ކަމަށް ފޭސްބުކްގައި ކުރި ކޮމެންޓްއެއްގައި މީގެ ކުރިން ސީޒަންވަނީ ބުނެފައެވެ. ސީޒަންގެ ނަމުގައި މިހާރުވެސް ވަރަށް ގިނަ ފޭކް އައިޑީތަކެއް ދަނީ ދައުރުވަމުންނެވެ.

ސީޒަންއަކީ މިއަދާ ޖެހެންދެންވެސް ބޮޑު ފޭން ބޭސް އެއް އޮތް ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ މީހެކެވެ.