ފާރުގައި (އިންސާނުންގެ) ފޮޓޯ ހަރުކުރުމަކީ ޙަރާމްކަމެކެވެ. އަދި ވަކިން ޚާއްޞަކޮށް ބޮޑެތި ފޮޓޯތައް ހަރުކުރުމުގެ ނަހީކަން ބޮޑެވެ. އެއީ ހަށިގަނޑުން ބައެއް ނުވަތަ ބޯއެކަނި ހުރި ފޮޓޮއެއްކަމުގައިވިޔަސްމެއެވެ. އެކަމުގައި އެމީހާއަށް މާތްކޮށް ހިތުން އެކުލެވިގެންވާކަމީ ސާފުކޮށް އެނގިގެންދާކަމެކެވެ.

ޝިރުކުކުރުން ފެށިފައިވަނީ މިފަދައިން ހައްދުފަހަނައެޅުމުންނެވެ. އެކަންވަނީ އިބްނު ޢައްބާސް رضي الله عنهما ގެ އަރިހުން ވާރިދުވެފައެވެ. އެކަލޭގެފާނު ވިދާޅުވެފައިވަނީ ނޫޙުގެފާނުގެ ޤައުމުގެ މީހުން އަޅުކަންކުރި ބުދުތަކަކީ އެކަލޭގެފާނުގެ ޤައުމުގެ މީހުންގެ ތެރޭގައި އުޅުނު ޞާލިޙު ބޭކަލުންތަކެއްގެ ޞޫރާގައި ހަދާފައިވާ ބުދުތަކެކެވެ. އެބޭކަލުންގެ ޞޫރަތައް އެބައިމީހުން ހެދީ އެބޭކަލުންގެ އަޅުވެރިކަމުގެ ޛިކުރާ އާކުރުމަށެވެ. ދެން އެއަށްފަހު ޒަމާންތަކަކަށްފަހު އެބޭކަލުންނަށް އެބައިމީހުން އަޅުކަންކުރީއެވެ.

فضيلة الشيخ محمد بن صالح العثيمين – رحمه الله –

فتاوى أركان الإسلام / رقم: 86