“އީސީ ސަރީފޫ…. އީސީ ސަރީފޫ….” މިއީ ވެރިކަން ކުރާ ޕީޕީއެމްއިން ޕީޕީއެމްގެ އޮފީސް ދޮރުމަތީ ކުރަމުން އަންނަ ސިލްސިލާ މުޒާހަރާތަކުގައި ވާހަކަ ދައްކަން މައިކް ލިބޭ ހަމަ ކޮންމެ މީހަކުވެސް ގޮވަމުން އަންނަ ގޮވެއްޔެކެވެ.

ސްޕްރީމް ކޯޓުން 23 ސެޕްޓެމްބަރ ގައި ނެގި އިންތިޚާބް އިންސާފުވެރި ކަމަށް ނިންމުމާ ހަމައަށް ކޮންމެ ރެޔަކުހެން ޕީޕީއެމްގެ ބަޔަކު މުޒާހަރާ ކުރިއިރު، މިމުޒާހަރާގައި ބައެއް ބައިވެރިން ދައްކާފައިވާ ބައެއް ވާހަކަތައް މިއަދު ވަނީ ޖޯކަކަށް ވެފައެވެ. މިގޮތުން ޑިމޮކްރަސީއަކީ ކޮންމެ ރައީސަކަށް ދެ ޓާމް ދިނުން ފަދަ އެތަކެއް ވާހަކަތަކެއް ދިވެހިން މީސްމީޑިޔާގައި ޖޯކަކަށް ހަދައިގެން ދައްކާފައިވާއިރު، މީގެ ތެރެއިންވެސް އެންމެ ފާހަގަ ކޮށްލެވޭ އެއް ބަސްކޯޅިއަކީ، “އީސީ ސަރީފޫ، މިބަސް ކޯޅިއެވެ.

އިލެކްޝަން ކޮމިޝަންގެ ރައީސް ބައިވެރިގެން އިންތިޚާބު އޮޅުވާލިކަމަށް ބުނެ އިލެކްޝަން ކޮމިޝަންގެ ރައީސް ޝަރީފުއަށް މުޒާހަރާގައި މައިކް ލިބޭ ހަމަ ކޮންމެ މީހަކު ގޮވަމުންދިޔައިރު، ފޭސްބުކް ފަދަ މީސްމީޑިޔާތަކުގައި ސްޕީޑެއްގައި މިވީޑިއޯތައް އަދިވެސް ދަނީ ދައުރުވަމުންނެވެ. މިގޮތުން އީސީ ޝަރީފޫ ގެ ނަމުގައި މިހާރު ޕޭޖްއެއްވެސް ހިންގަމުން އަންނައިރު، މީމްސް ހަދާ ޕޭޖްތަކާއި ރައްޖޭގައި ވައިރަލް ވެފައިވާ ބައެއް ޕޭޖްތަކުންވެސް ފުރުސަތުގެ ބޭނުންކޮށް ތަފާތު މީސްތައްވެސް ވަނީ ހަދާފައެވެ.

https://www.facebook.com/tiktokmaldivess/videos/552750078491017/

މީގެ އިތުރުން ދިވެހިންގެ ތެރޭގައި ތިބި ބައެއް ކުޅަދާނަ މީހުން ވަނީ މުޒާހަރާގެ ބައިވެރިންގެ އަޑުން ލަވައެއްވެސް ހަދާފައެވެ.

“އީސީ ސަރީފޫ” ގެ އަޑު ކެނޑޭނެ ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރިނަމަވެސް މިއަދާ ހަމައަށްވެސް މިއަޑު ހަމަ ބާރެވެ. މަލާމާތް ކުރާ ފަރާތްތަކުގެ އަޑުވެސް ހަމަ ދަނީ ބާރުވަމުންނެވެ. އަދިވެސް ކުރިޔަށް އޮތް ތާންގައިވެސް ތާފާތު ތަކެއް ފެންނާނެ ކަމަށް ބެލެވެއެވެ.