ދިވެހިން ހެއްވާލުމަށް މިއަދު އެންމެ ކުޅަދާނެ އެކަކީ، ކާއްޓޭ ދި ވާންޗޯ އޭ ބުނުމުން އެކަމާ ދެކޮޅު ހަދާނެ މީހެއް އުޅޭނެ ހެނެއް ހިއެއް ނުވެއެވެ. އަސްލު ނަމާއި އަމިއްލަ މީހާގެ އެއްވެސް މައުލޫމާތެއް ހާމަނުކޮށް ސްނެޕްޗެޓް ފިލްޓަރ އެއް ބޭނުންކޮށްގެން ތަފާތު އަގު ހުރި މެސެޖްތަކެއް ދެމުން އަންނަ ކާއްޓޭ މިވަނީ ތަފާތު ވީޑިއޯއެއް ކުޅެފައެވެ.

މިވީޑިއޯއިން ދައްކައިދެނީ ބިލް ދައްކަން ހަދާން ނެތޭ މީހުންނަށް ދިމާވާ މައްސަލަ ތަކާއި އެކަމުގެ ޙައްލެވެ. ވީޑިއޯގައި ދައްކާފައި ވަނީ ތުއްތު ނަމަކަށް ކިޔާ މީހަކު ފޯން ބިލް ނުދެއްކިގެން އުޅޭ މައްސަލައެވެ. އަދި އެކަމާ ތުއްތުގެ އަންހެނުން ހަޅޭ ލަވާއިރު، އަނެއްކޮޅުން ފެނާ ކަރަންޓާއި ވެސް ކަނޑާލާ މައްސަލައެވެ. ސަބަބަކަށްވަނީ ތުއްތުގެ ހަނދާން ބަލި ކަމެވެ. ކާއްޓޭގެ މިވީޑޯގައި ވަނީ މިގޮތަށް ހަނދާން ނެތޭ މީހުންނަށް މިކަން ޙައްލު ކުރާނެ ވަރަށް މޮޅު ގޮތެއް ކިޔައިދީފިއެވެ. އެއީ “ފަހި ޕޭ” އެޕްލިކޭޝަން އެވެ.

ފަހިޕޭ އެޕްލިކޭޝަންއަކީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ބައެއްގެ މެދުގައި މަޤްބޫލުކަން ހޯދާފައިވާ އެޕްލިކޭޝަން އެކެވެ. އޮންލައިންކޮށް ރިލޯޑް އަދި ރާސްޓަސްގެ އިތުރުން ދިރާގު އަދި އުރީދޫގެ ހުރިހާ ބިލަކަށް ފައިސާ ދެއްކުމާއި ކަރަންޓް ބިލް، ފެން ބިލް، މީޑިއާނެޓް ބިލް އަދި މޯލްޑިވްސް ގޭސް އަށްވެސް ފަހިޕޭ މެދުވެރިކޮށް އޯޑަރ ކޮށްލެވެއެވެ. ފަހި ޕޭ އެޕްލިކޭޝަންއަކީ އެންޑްރޮއިޑް އަދި އެޕަލްގެ ފޯންތަކަށްވެސް އެޅޭނެ، އެޕަލް އަދި ޕްލޭސްޓޯރުގައި ޑައުންލޯޑް ކުރެވޭނެ އެޕްލިކޭޝަންއެކެވެ.

ޕަހިޕޭ އެޕްލިކޭޝަންގެ އިތުރު ޕީޗަރ ތަކަށް ބަލާލާއިރު މި އެޕްލިކޭޝަންގައި، މިފަދަ އެހެން އެޕްލިކޭޝަންތަކާއި ޚިލާފް ވަރަށް ބޭނުންތެރި ޕީޗަރއެއް ހުރެއެވެ. އެއީ ސްކެޑިއުލްކޮށް ބިލް ދެއްކޭނެ ނިޒާމެކެވެ. މީގެމާނައަކީ ވަކި ދުވަހަކު އޮޓޮމެޓިކްކޮށް ބިލް ދެއްކޭނެ ގޮތެއް މި އެޕްލިކޭޝަން މެދުވެރިކޮށް ހަދާލެވޭނެއެވެ. ހަނދާނެތޭ މީހުންނަށް މިއީ ހަމަ އެއްވަނައިގެ ޚިދުމަތެކެވެ.

މިވީޑިއޯ ނިންމާލަމުން ކާއްޓޭ ބުނެފައިވާހެން، މިހާރު ތަލަ ފިއްސައިގެން ބޮޑު ކިއުއެއްގައި ޖެހިގެން ބިލްތަކަށް ފައިސާ ދައްކަން އުޅުމުގެ ބޭނުމެއް ނެތެވެ. ފަހި ޕޭ އެޕްލިކޭޝަންއިން މިހުރިހާ ކަމެއް ކުރެވޭނެއެވެ. އަވަހަށް ތިރީގައިވާ ލިންކުން ފަހިޕޭ އެޕް ޑައުންލޯޑް ކޮށްލާށެވެ. އަދި އެހީ އެއް ބޭނުންފުޅު ނަމަ ފަހިޕޭ ލޭންޑްލައިން ނަމްބަރު 4007004 ނުވަތަ މޮބައިލް 7997991 އަށް ގުޅާލައްވާށެވެ.

ފަހިޕޭ އެންޑްރޮއިޑް އެޕް


ފަހިޕޭ އައިފޯން އެޕް