ދިވެހިންގެ ތެރޭގައި މަޤްބޫލުކަން ހޯދާފައިވާ އެސްޓާސްއިން މާދަމާ އެންމެ ފަހުގެ އައިފޯންތައް އިންސްޓޯލްމެޓްއަށް ދޫކުރުމާއި އެއްކޮށް އަގުދައްކާފައި ވިއްކަން ހަމަޖެހިފައިވާކަމަށް އެސްޓާސްއިން ބުނެފިއެވެ.
އެސްޓާސްގެ ފޭސްބުކް ޕޭޖްގައި ކޮށްފައިވާ ޕޯސްޓްއެއްގައި އެސްޓާސްއިން ބުނެފައިވަނީ މާދަމާ ފަހުގެ އައިފޯން އެކްސް އެސް އަދި އެކްސް އެސް މެކްސް ދޫކުރަން ފަށާނެ ކަމަށެވެ. އެސްޓާސްއިން ފޯން ވިއްކާ އަގުތަކަށް ބަލާލާއިރު އަސްލު ފޯން އަގާ ބަލާއިރު އިންސްޓޯލްމެންޓްއަށް ދޭ އަގު ބޮޑުކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ޑައުން ޕޭވްމެންޓްގެ ގޮތުގައި 5،500 އާއި 8،000 ދެމެދުގެ ރުފިޔާ ދައްކަން ޖެހެއެވެ. އެސްޓާސްއިން ވިއްކާ ފޯންތައް އިންސްޓޯލް މެންޓްއަށް ލިބޭ އަގު ތިރީގައި އެވަނީ
އައިފޯން އެކްސް އެސް (64 ޖީބީ ) : 26،013.808 ރުފިޔާ
އައިފޯން އެކްސް އެސް (256 ޖީބީ ) : 29،665.64 ރުފިޔާ
އައިފޯން އެކްސް އެސް (512 ޖީބީ ) : 34،637.16 ރުފިޔާ
އައިފޯން އެކްސް އެސް މެކްސް (64 ޖީބީ ) : 28،503.72 ރުފިޔާ
އައިފޯން އެކްސް އެސް މެކްސް (256 ޖީބީ ) : 32،151.4 ރުފިޔާ
އައިފޯން އެކްސް އެސް މެކްސް (512 ޖީބީ ) : 37،122.92 ރުފިޔާ
އެސްޓާސްއިން ފޯން އެއްފަހަރާ ރުފިޔާ ދެއްކުމަށްފަހު ވިއްކާ އަގުތަކަށް ބަލާލާއިރު:
އައިފޯން އެކްސް އެސް (64 ޖީބީ ) : 20،999 ރުފިޔާ
އައިފޯން އެކްސް އެސް (256 ޖީބީ ) : 23،999 ރުފިޔާ
އައިފޯން އެކްސް އެސް (512 ޖީބީ ) : 27،999 ރުފިޔާ
އައިފޯން އެކްސް އެސް މެކްސް (64 ޖީބީ ) : 22،999 ރުފިޔާ
އައިފޯން އެކްސް އެސް މެކްސް (256 ޖީބީ ) : 25،999 ރުފިޔާ
އައިފޯން އެކްސް އެސް މެކްސް (512 ޖީބީ ) : 29،999 ރުފިޔާ

އެސްޓާސްގެ ޕޭޖްގައި ޝާއިރުކޮށްފައިވާ ޕޯސްޓަރ
އެސްޓާސްއިން މާދަމާ އައިފޯން ވިއްކަން ފަށާފައިވާާއިރު ދިރާގުން އިއްޔެވަނީ ދިވެހި މާކެޓަށް އައިފޯން ނެރެފައެވެ. ނަމަވެސް އުރީދޫއިން އަދި މިހާތަނަށް ފަހުގެ އައިފޯންތައް ބާޒާރަށް ނެރެސްފައިއެއް ނުވެއެވެ.
ތިބުނީ ހަމަ ތެދެއް
އިންތިޒާރު މިކުރަނީ އުރީދޫއިން ފޯން ނެރޭ ދުވަހަކަށް ލޮލް