ދިވެހިންގެ ތެރޭގައި ޓިކްޓޮކްގެ ސަބަބުން ގިނަ ތަރިންތަކެއް މިދަނީ އުފެދެމުންނެވެ. މީގެ ކުރިން އެކްޓިން އަދި ނަށެމުގެ ހުނަރު ލިބިފައި ވާކަން ނޭނގޭ މީހުންނަށް ޓިކްޓޮކްގެ ސަބަބުން އެކަންތައް މިދަނީ އެނގި ހާމަވަމުންނެވެ. މިހިސާބުން އުފެދޭ ސުވާލަކީ ޓިކް ޓޮކް ބޭނުންކޮށްގެން، ނުވަތަ ޓިކްޓޮކްގެ އެހީގައި އެކުޅޭ ވީޑިއޯތަކުން އެއްވެސް ކަހަލަ މަންފާއެއް އެމީހުންނަށް ނެރެވިދާނެ ހެއްޔެވެ؟ މަންފާއެއް މިދެންނެވީ، މާލީ މަންފާއެވެ. ޖަވާބު ވަރަށް ސާފެވެ. އާނ އެކެވެ. މިކަން ކުރެވިދާނެ ބައިވަރު ގޮތް ގޮތް އެބަހުއްޓެވެ. މީގެ ތެރެއިން ބައެއް ގޮތް ގޮތަށް ބަލާލަމާ ހިނގާށެވެ.

ޓިކްޓޮކްއަކީ މިހާރު ހުރިހާ ދިވެހިންނޭ ބުނާ ގޮތަަކަށް ބޭނުން ކުރަމުން އަންނަ އެއްޗެކެވެ. ޓިކްޓޮކް އެޕްލިކޭޝަން ނެތަސް، ޓިކްޓޮކް މޯލްޑިވްސް ފަދަ ޕޭޖްތަކުގެ އެހީގައި މިވީޑިއޯތައް ގިނަ ބަޔަކުދަނީ ބަލަމުންނެވެ. މިހެންކަމުން ޓިކްޓޮކްގެ މަޝްހޫރު ތަރިންތައް މިހާރު ދިވެހިންނަށް ފަރިތައެވެ. އެމީހުން އެލައްވާ ބަޑިތަކާއި އެމީހުންގެ ޙަރަކާތްތައްވެސް ދިވެހިންނަށް ކަމުދެއެވެ. ސުނީތާ އަގު ބޮޑުކޮށް ނަށަން ގެންދާނަމަ ޓިކްޓޮކްގައި މިއުޅޭ ކުދިންކޮޅު ނުގެންދަންވީ ސަބަބެއް ނެތެވެ. ހަމަގައިމުވެސް ސުނީ ލައްވާ ހަމަ ކޮންމެ ބަޑިއަކަށް ބަޑިއެއް މިކުދިންވެސް ލައްވާނެެއެވެ.

https://www.facebook.com/tiktokmaldivess/videos/307556163167635/

ކުރިޔަށް މިއޮތީ ޚިތާނީ ސީޒަންއެވެ. ބޭންޑްތަކުގެ ޑިމާންޑް ބޮޑުވެ، ބޭންޑްތަކުގެ އަގު އިންތިހާއަށް އުފުލޭ ދުވަސްވަރެވެ. ނަމަވެސް މިފަހަރު މިކަން މިގޮތަށް ވާނެ ހެނެއް ހީއެއް ނުވެއެވެ. ސަބަބަކީ ޓިކްޓޮކްގެ ސަބަބުން އެތައް ޒުވާނުންނެއް މިއަދު ނެށުމާއި އެކްޓިން ދާއިރާއަށް ނިކުމެފައިވާތީއެވެ.

މިހެން މިދަންނަވާލީ ސަބަބަކާ ހުރެއެވެ. ރޭ ރަސްފަންނު ސަރަހައްދުގައި ޓިކްޓޮކްގައި މަޝްހޫރު ދިވެހިންތަކެއްވަނީ ގެޓް ޓުގެދަރ އެއް ބާއްވާފައެވެ. ޓިކްޓޮކްއަށް ރޭ ލާފައިހުރި ވީޑިއޯތަކުން މިކަން އެނގެއެވެ. އެމީހުންގެ މެދުގައި މަޝްވަރާ ކުރެވުނީ ކޮންކަމެއް ކުރަންކަމެއް އެނގިފައިނެތަސް، ހީވަނީ ވަރަށް ބޮޑު ކަމެއް ކުރަން އުޅޭހެންނެވެ. މިއަންނަ ޚިތާނީ ސީޒަންގައި ޓިކްޓޮކް މޯލްޑިވްސްގެ ބޭންޑްއެއް ފެނިގެންދާނެ ކަމަށް އުންމީދު ކުރަމެވެ.