ރީތި ވަރުގަދަ އިސްތަށި ގަނޑެއް ލިބުމަކީ ކޮންމެ މީހަކުވެސް ބޭނުންވާނެ ކަމެކެވެ. އެގޮތުން އިސްތަށިގަނޑު ރީތިކޮށް ވަރުގަދަކޮށް ބެހެއްޓުމަށް ބައެއް މީހުން އަގު ބޮޑެތި ތެލާ، ޝޭންޕޫ ކަހަލަ އެއްޗެހި ބޭނުން ކުރެއެވެ.

އަގުބޮޑެތި އެއްޗެހި ބޭނުން ކުރުމުގެ ބަދަލުގައި ގެތެރޭގައި ބޭނުން ކުރަމުންދާ އެއްޗަކުންވެސް އިސްތަށިގަނޑު ވަރުގަދަކޮށްބެހެއްޓިދާނެއެވެ.

އިސްތަށިގަނޑު ވަރުގަދަކޮށް ބެހެއްޓުމަށް ބޭނުން ކުރެވިދާނެ ބައެއް ތަކެތި:

ކާށި ތެޔޮ
ބޭނުން ކުރާނެ ގޮތް: ފުރަތަމަ ދެ މޭޒުމަތީ ސަމްސާގެ ކާށިކެޔޮ ހޫނު ކުރާނީއެވެ. އެއަށްފަހު އިސްތަށިގަނޑު ކުޑަކޮށް ތެތްކޮށްލުމަށްފަހު ހޫނު ކޮށްފައިވާ ކާށިތެޔޮލުން އިސްތަށިގަނޑުގައި މަސާޖުކުރާނީއެވެ. އަދި އެއަށްފަހު އިސްތަށިގަނޑު އެއްޗަކުން ބަންދުކޮށްލާނީއެވެ. އަދި 30 މިނެޓު ފަހުން ރަނގަޅަށް އިސްތަށިގަނޑު ދޮވެލާނީއެވެ.

ފިޔާ
ބޭނުން ކުރާނެ ގޮތް: ރަނގަޅަށް ފިޔާ ސާފުކޮށް ދޮވުމަށްފަހު ފިޔާ ކުދިކޮށްކޮށާ ފިޔާކޮޅު ޗިސްކޮށްލުމަށްފަހު އޭގެ ދިޔަ ނަގާނީއެވެ. އަދި އެދިޔައިން އިސްތަށިގަނޑުގައި މަސާޖުކުރާނީއެވެ. އެއަށްފަހު 30-45 މިނެޓު ފަހުން ރަނގަޅަށް އިސްތަށިގަނޑު ދޮންނާނީއެވެ.

ބިސް
ބޭނުން ކުރާނެ ގޮތް: ދޭއް ނުވަތް ތިން ބިސް ރަނގަޅަށް އެއްކޮށްލާނީއެވެ. އަދި އިސްތަށިގަނޑު ރަނގަޅަށް ތެއްކޮށްލުމަށްފަހު އުނގުޅާނީއެވެ. އަދި 30 މިނެޓުފަހުން ތާފަނާ ފެނުން ރަނގަޅަށް ދޮވެލާނީއެވެ.

މިކަންތައްތައް ކުރުމުގެ އިތުރުން އިސްތަށިގަނޑު ރީތިކޮށް ވަރުގަދަކޮށް ބެހެއްޓުމަށް ގިނައިން ފެންބޮއެ، ރަނގަޅު ކާނާ ކައި ކެމިކަލް ފަދަ އެއްޗެހި ބޭނުން ހުއްޓާލެވިދާނެއެވެ.