އާއްމުކޮށް މީހުންގެ ތެރޭގައި ބައެއް ކަހަލަ ކާނާއަކީ ސިއްޙަތަށް ފައިދާ ހުރި ނޫން އެއްޗެހި ކަމަށް ލޭބަލް ކުރެވިފައި ހުންނަ ކާނާ އެވެ. މީގެ ތެރެއިން އެކައްޗަކީ ފްރެންޗް ފްރައިސްއެވެ.

ގިނަ ދިވެހިންނަށް މީރު ކަމަށް ގިނަ ބަޔަކު ބުނާ ފްރެންޗް ފްރައިސްއަކީ ސިއްޙަތަށް ވަރަށް ގެއްލުން ބޮޑު އެއްޗެއް ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރެއެވެ. ނަމަވެސް ޙަޤީޤަތަކީ މިއީ ތޯއެވެ.

ޕްރޮފެސަރ އެރަންސީގަލް އިސްވެ ހުރެ ވެއިޒްމޭން އިންސްސިޓިއުޓްގައި ހެދި ދިރާސާއަކުން ދައްކާ ގޮތުގައި ތަފާތު ކާނާ ތަފާތު މީހުންގެ ހަށިގަނޑަށް ކުރާ އަސަރު ތަރާތެވެ. 800 މީހުން ބޭނުންކޮށްގެން ހަނދާފައިވާ މިދިރާސާ ނިންމާލުމަށްފަހު ޕްރޮފެސަރ ބުނެފައިވަނީ ވަކި ކަހަލަ ކާނާއަކީ ހަށިގަނޑަށް ގެއްލުން ހުރި އެއްޗެހި ކަމަށް ނިންމޭކަށް ނޯންނާނެ ކަމަށެވެ. ޕްރެސަރ ސަބަބެއް ކަމުގައި ބައެއް ކާނާއަކީ ހަށިގަނޑަށް ނުރައްކާތެރި ނުވަތަ ސިއްޙީ ގޮތުން ގެއްލުން ހުރި ކާނާ ކަމުގައި ނިންމާފައިވަނީ ބައެއް މީހުންގެ ހަށިގަނޑަށް އަންނަ ބައެއް ބަދަލުތަކަށް ރިއާޔަތްކޮށްފައި ކަމަށާއި އަދި މިދިރާސާއިން ދައްކާ ގޮތުގައި އެކި މީހުންގެ ހަށިގަނޑަށް އެކި ކާނާއިން އަސަެރު ކުރަނީ އެކި ގޮތް ގޮތަށް ކަމުން މިފަދަ ނިންމުމެއް ނުނިންމޭނެ ކަމެވެ.

މިދިރާސާގައި ބުނެފައިވަނީ ސިއްޙަތަށް ފައިދާ ހުރި އަދި ގެއްލުން ހުރި ކާނާއަކީ އެމީހެއްގެ ޖީންގައިވާ ކަމެއް ކަމަށެވެ.