ކައިވެނީގެ ހަފްލާ ނިންމުމަށްފަހު ކާރުގައި ގެއަށް އެނބުރި ދިޔަ މަގުމަތީ ދުއްވަމުން ދިޔަ ކާރު ބުރިޖަކުން ވެއްޓި އެކަކު މަރުވެއްޖެއެވެ.

އިންޑިއާގެ ޒިރާރްކަޕޫރްގައި އޮތް ހަފްލާއަށް ފަހު ޓެކްސީއެއް ނަގައިގެން ޚަރާރް ޓައުންއާއި ދިމާލަށް ކުރަމުންދިޔަ ދަތުރުގައި އެ ކާރު ބުރިޖުން ވެއްޓި މަރުވީ، އެރޭ ކައިވެނި ކުރި ފިރިހެން މިހާގެ ބޮޑުބޭބެއެވެ. އެ ހާދިސާ ހިނގި ވަގުތު އެ ފިރިހެން މިހާގެ ބައްޕަ އާއި އިތުރު ދެ މީހަކުވެސް ތިއްބެވެ.

އެ ހާދިސާގައި އެ ތިން މީހުންނަށްވެސް އަނިޔާވިއެވެ. ރިޕޯޓްތައް ބުނާގޮތުގައި، މިދިޔަ އާދީއްތަ ދުވަހުގެ ދަންވަރު 1:30 ހާއިރު އެ އެކްސިޑެންޓް ހިނގިިއިރު، އެ ކާރު ދުއްވަން އިން މީހާ ވަނީ ފިލާފައެވެ. އެހެންވެ އެ މީހުން ސަލާމަތް ކުރުމަށް އާއިލާ މީހަކަށް ގުޅަން ޖެހުނީވެސް އެ ކާރު ތެރޭގައި އަނިޔާވެފައި އޮތް މީހެކެވެ.

އަދި އެތަނުން މީހަކު 2:00 ހާއިރު ގުޅާފައި އެ މީހުން ކާރު ތެރޭގައި ތާށިވެފައިވާކަމަށާއި، އެ މީހުން ސަލާމަތް ކުރުމަށް އައުމަށް އެދުނެވެ. ރިޕޯޓްތައް ބުނާގޮތުގައި، އެ ހާދިސާ ހިނގަން މެދުވެރިވީ ކާރު ދުއްވަން އިން މީހާ މާބާރަށް ކާރު ދުއްވުމުގެ ސަބަބުން ކޮންޓްރޯލުން ނައްޓައިގެން ގޮސްގެންނެވެ.

އަދި އެ ހާދިސާގައި އެކަކު މަރުވިއިރު، އަނިޔާވި ހަތަރު މީހުންގެ ތެރެއިން ދެ މީހުންނަށް އަދިވެސް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ. އަނެއް ދެ މީހުން ވަނީ ދޫކޮށްލާފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެއީ ކިހިނެއް ދިމާވި ހާދިސާއެއްތޯ މިހާރު ދަނީ ބަލަމުންނެވެ.

Go to Source
Author: ރީޢާނު ރަޝީދު