މިއީ މިހާރު ޗައިނާގައި ވަރަށް ބޮޑަށް ވައިރަލްވެފައިވާ ވާހަކައެކެވެ. މީހަކު އެޑޮޕްޓް ކުރި އެއްޗަކީ އޭނާ ހީކުރި އެއްޗަށް ނުވެ ދިޔަ ގޮތުގެ ވާހަކައެވެ.

އެކައުންޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ އެ މީހާ އެ ވާހަކަދެއްކީ ބްލޮގެއްގައެވެ. ކާކުކަން ނޭނގޭ އެ މީހާ ބުނީ، އޭނާ އޮޅުކޮށްގެން ގެންގުޅެން ބޭނުންވެގެން ކަޅު ކުލައިގެ ކުއްތާއެއް ގަތް ކަމަށެވެ. އޭނާ އޭތި ގަތީ ކުއްތާއެއް ކަމަށް ހީކޮށް ކަމަށްވެސް އޭނާ ބުންޏެވެ. ނަމަވެސް ފަހުން އެނގުނުގޮތުގައި، އެއީ މީދަލެކެވެ.

މިދިޔަ ސެޕްޓެމްބަރު މަހުކޮށްފައިވާ އެ ޕޯސްޓުގައި އެ މީހާ ބުނެފައި ވަނީ، އޭނާ ރަހުމަތްތެރިއެއް ކައިރިއަށް ކުރި ދަތުރެއްގައި، އެ ގެ ކައިރިން ކުއްތާއެއްކަމަށް ބެލެވުނު އެތި ފެނުނު ކަމަށެވެ. އަދި އޭތި އެތަނުން ނަގައިގެން ގެއަށް ގެންދަން ބޭނުންވިކަަމަށްވެސް އޭނާ ބުންޏެވެ.

“އެއީ ވަރަށް އަނދިރި ވަގުތެއް، އަހަރެންގެ ރަހުމަތްތެރިއާއަށް އެއީ ކޮން އެއްޗެއްކަން ރަނގަޅަށް ނުވެސް އިނގޭ”. އެ ކުއްތާއަށް ހަމްދަރްދީވުމުގެ ގޮތުން ގެންދިޔަކަަމަށް ބުނެ، އެ މީހާ ލިޔުނު ޕޯސްޓުގައި ވެއެވެ. އަދި އޭތި އެޑޮޕްޓް ކުރުމަށް ބޭނުންވީވެެސް އެހެންވެގެންކަމަށް އޭނާ ބުންޏެވެ.

އަދި ދުވަސް ކޮޅެއްގެ ތެރޭގައި، އޭގެން ތަފާތު ކަމެއް އެ މިހާއަށް ފެންނަން ފެށިއެވެ. އޭތީގެ މާ ފާޑަކަށް ހަރަކާތްތެރިވުމާއި، ކުއްތާ ގޮތަށް ނުދުވާތީ އެއީ ކުއްތާއެއް ނޫންކަމަށް ޝައްކުވާން ފެށިއެވެ. އަދި އޭނާ ވަނީ އޭގެ ފޮޓޯއެއް މީސް މީޑިއާއަށް ލާ އެއީ ކޮން އެއްޗެއްކަން ނަން ހޯދުމަށް އާއްމުންގެ އެހީއަށް އެދިފައެވެ. އަދި ގިނަ ބަޔަކު ވަނީ މީދަލެއްކަމަށް ބުނެފައެވެ.

އަދި އެކަން އޭނާ އެނގުމުން، އޭނާ ވަނީ އޭތި ބޭރަށް ދޫކޮށްލާފައެވެ. އަދި އޭނާ އޭތީ އޮޅުކޮށްގެން ގެންގުޅެން ބޭނުންވެސް ނުވެއެވެ.

Go to Source
Author: ރީޢާނު ރަޝީދު