އިންޑިއާގެ ބޮލީވުޑްގެ ތެރޭގައި އަންހެން ތަރިންނަށް ޖިންސީ ގޯނާ ކުރަމުންދާ މައްސަލަ ވަރަށް ބޮޑަށް ވަނީ ފެންމަތިވެފައެވެ. އެކަކު އަނެކަކު ދަނީ މީސް މީޑިއާގައި އެ މީހުންނަށް ފިލްމް ޝޫޓިންގތަކުގައި ޖިންސީ ގޯނާ ކުރަމުންދިޔަ ކަމަށް ބުނަމުންނެވެ. އަދި އެ ވާހަކަތަކަށް ހުއްޓުމެއް ނެތެވެ.

ފަހަރަކު ތަރިއަކު ދަނީ މިގޮތަށް ދައްކަމުން އަންނައިރު، ބިގްބޮސް އިން އާއްމުންގެ ބޮޑު ސަލާމުކަމެއް ހޯދި ޕޫޖާވެސް މި ވަނީ އޭނާއަށް ޖިންސީ ގޯނާ ކުރަމުންދިޔަކަމަށް ބުނެފައެވެ. ޕޫޖާ ބުނީ، އެތައް ފަހަރަކު ބޮލީވުޑްގެ ބަތަލް ސަލްމާން ޚާން އާއި އޭނާގެ ބޭބެތައް ވެގެން އޭނާ ރޭޕްކޮށްފައިވާކަމަށެވެ.

އޭނާ ބުނިގޮތުގައި، އެ މީހުން އޭނާ ރޭޕްކޮށްފައި ވަނީ، ސުލްތާންގެ ޝޫޓިންގގެ ތެރެއިންނެވެ. އަދި އޭނާ ރޭޕްކުރުމަށްފަހު، ވަރަށް ހާލުގައި އުޅެން ޖެހުނުކަމަށްވެސް ޕޫޖާ ވަނީ ބުނެފައެވެ.

މޮޑެލްއެއްގެ ގޮތުގައިވެސް މަސައްކަތްކޮށްފައިވާ ޕޫޖާ އިންސްޓަގްރަމް ކުރި ވީޑިއޯގައި އޭނާ އިތުރަށް ބުނެފައި ވަނީ ވެތެރަން އެކްޓަރ ޝަތްރުގްހާން ސިންހ އޭނާއަށް ފަންޑީތަވެސް ހެދި ކަމަށެވެ. އަދި ޝަތްރުގްހާން އޭނާގެ ފޯނު ހެކްކޮށް ލެޕްޓޮޕްވެސް ނަގާ، އޭނާގެ މަސައްކަތްތައް ވަގަށް ނެގި ކަމަށެވެ. އަދި އެ ތަކެތި ބޭނުންކޮށްފައި ވަނީ، ސޮނަކްޝީ ސިންހަ އާއި މަލައިކާ އަރޯރާ ޙާން ފިލްމީ ދާއިރާއަށް ނެރެދިނުމަށް ކަމަށްވެސް ބުންޏެވެ.

އޭނާ އިތުރަށް ބުނީ، ޝަތްރުގްހާން އޭނާއަށް ފެންޑީތަ ހެދިފަހުން، ޖިންނީގެ ކަންތައްކާއި އޭނާއާ ލައިގަނެފައިވާކަމަށެވެ.

މި ވާހަކަތަކާއި، ގުޅިގެން ސަލްމާންވެސް އަދި ޝަތްރުގްހާންވެސް އެއްވެސް އެއްޗެއް ކިޔާފައި ނުވެއެވެ. އަދި އެއީ މަޝްހޫރުވާންވެގެން ޖެހި ޕަބްލިކް ސްޓަންޓަކަށް ވެދާނެކަމަށް ބައެއް މީހުން ދަނީ ބުނަމުންނެވެ.

 

Go to Source
Author: ރީޢާނު ރަޝީދު