ދުނިޔޭގެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދައިފައިވާ ޓީވީ ޗެނަލް އޭބީސީ ނިއުސް އިން އުފައްދާ އެންމެ ބޮޑު ރިއާލިޓީ ޝޯ ކަމަށްވާ “ދަ ބެޗްލާ” ގެ އެޕިސޯޑެއް ރާއްޖޭގައި ނަގައިފި އެވެ.

“ދަ ބެޗްލާ” ޝޯ ގެ 14 އެޕިސޯޑުގެ މަންޒަރުތަށް ނަގައިފައިވަނީ އައްޑޫ ޝަންގްރިއްލާ ވިލިނގިލި ރިސޯޓުގައެވެ. އަދި ފަތުރުވެރިކަމާއި މުނިފޫހިފިލުވުމުގެ ހަބަރުތައް ގެނެސްދޭ ސައިޓުތަކުގައިވާ ގޮތުން އޭބީސީ ނިއުސް ޗެނަލް އިން ދައްކާ ލޯބީގެ ރިއާލިޓީ ޝޯއެއް ކަމަށްވާ “ދަ ބެޗްލާ” ޝޯ ގެ 14 ވަނަ އެޕިސޯޑު އައްޑޫ ޝަންގްރިއްލާ ވިލިނގިލި ރިސޯޓުގައި ނެގުން ވެގެން ދާނީ އެ ޝޯ އާއި އެ ރިސޯޓަށް ވެސް ލިބިގެންދާނެ ބޮޑު މަގުބޫލު ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެރިސޯޓަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވުމަށް މަގުފަހިވާ ކަމުގައިވެސް ބައެއް ނޫސްތަކުން ބުނެފައިވެއެވެ.

“ދަ ބެޗްލާ” އަކީ އެމެރިކާގެ ގިނަ އަދަދެއްގެ ބަޔަކު ބަލާ އެންމެ މަގުބޫލު އެއް  ރިއާލިޓީ ސީރީޒް އެވެ. މި ޝޯގައި ފަސް ތަރީގެ ޝަންގްރިއްލާ ރިސޯޓުގެ ހިތްގައިމު މަންޒަރުތަކުގެ އިތުރުން އެ ރިސޯޓަށް އަންނަ ފަތުރުވެރިންނަށް ހާއްސަކޮށްފައިވާ ހާއްސަ ޔޮޓުތަކުގެ މަންޒަރުތައް ވެސް ފެނިގެންދާނެ އެވެ.

ރާއްޖެއަކީ ހޮލީވުޑްގެ އަދި ބޮލީވުޑްގެ ގިނަތަރިންވެސް ޗުއްޓީ ހޭދަކޮށްލުމަށް ވަރަށް ގިނައިން އައިސް އުޅޭ މަންޒިލެކެވެ. އަދި މީގެ ކުރިންވެސް ރާއްޖޭގައިވަނީ  ތަފާތު ހޮލީވުޑްގެ ބައެއް ސީރީޒްތައް ނަގާފައިވެ އެވެ. އެގޮތުން 2015 ވަނަ އަހަރު ރާއްޖޭގައި “ސްޓާ ވޯޒް ރޯގް ވަން”ގެ ބައެއް މަންޒަރުތަށް ނަގާފައެވެ.

Go to Source
Author: އަލީ ޔާމީން