ބޮލީވުޑްގެ ކުޅަދާނަ ދެ ތަރިން ކަމުގައިވާ އަޔުޝްމަން ކުރާނާއާއި ނުޝްރަތް ބަރޫޗާ ފުރަތަމަ ފަހަރަށް އެކުގައި މަސައްކަތް ކުރަން ނިންމައިފި ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި އަޔުޝްމަން އާއި ނުޝްރަތް އެކުގައި ފެނިގެންދާ ފިލްމަށް ކިޔަނީ “ގޮގްލީ” އެވެ. އަދި  އެދެމީހުން މިހާރު ވަނީ ފިލްމަށް ސޮއި ވެސް ކޮށްފައި ކަމަށްވެސް ނޫސްތަކުން ބުނެއެވެ. އޭގެ އިތުރުން އެފިލްމަކީ ކޮމެޑީ ފިލްމެއް ކަމަށް ވެސް ނޫސްތަކުން އަންނަނީ ބުނަމުންނެވެ

އަޔުޝްމަން މިއަހަރު ދެ ފިލްމެއްގައި މަސައްކަތް ކޮށްފައިވެއެވެ. އެގޮތުން އޭނާ އެންމެ ފަހުން ކުޅުނު ފިލްމު “އަންދާދުން” ވަނީ މިމަހު ފަސް ވަނަ ދުވަހު ނެރެފައެވެ. އަދި އޭނާ މިއަހަރު ފެނިގެންދާބަދާއި ހޯ” ވެސް މިމަހުގެ 19 ވަނަ ދުވަހު ވަނީ ރިލީޒް ކުރިމަށް ވަނީ ހަމަ ޖެހިފައެވެ.

އަދި އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި ދިނޭޝް ވިޖަން ގެ ކުރިއަށް އޮތް ފިލްމު “ބަލާ” ގައި އަޔުޝްމަން މަސައްކަތް ކުރާނެއެވެ. ނަމަވެސް އެކަމަށް ރަސްމީ ސިފައެއްގައި ޔައުޝްމަން ޖަވާބެއް ދީފައެއް ނުވެއެވެ،

ނުސްރަތު އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ 2015 ވަނަ އަހަރު ނުކުތް ފިލްމު ޕިޔާރްކާޕުޗްނަމާ 2 އިންނެވެ. ދެން އެންމެ އަވަހަށް ފެނިގެންދާނީ ކުޅަދާނަ ޑިަރެކްޓަރ ޕަރަކާސް ކޮވަލެމުޑީ ޑައިރެކްޓް ކުރާ މެންޓަލް ހޭ ކިޔާއިންނެވެ. އެފިލްމު ރިލީޒް ކުރާނީ 2019 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައެވެ. އެފިލްމުގެ ކާސްޓުންގެ ތެރޭގައި ކުޅަދާނަ އެކްޓަރ ކަންގަނާ އާއި ރާޖްކުމާރް  ރާއޯ ހިމެނެއެވެ.

Go to Source
Author: އަލީ ޔާމީން