ގިނަބައެއްގެ ސަމާލުކަމަަށް އައި ފޮޓޯއެއްގެ ވާހަކަދައްކާލާނަމެވެ. އެ ފޮޓޯތަކުން ފެންނަނީ ކާޓޫނެއްގެ ގޮތުގައި، ގިނަބައެއްގެ ސަމާލުކަން ފުރަތަމަ ހޯދި އެވެންޖާސްގެ ކެރެކްޓާތަކެވެ. އެ މީހުުން އެ ތިބީ ބުރުގާ އަޅައިގެންނެވެ. އެ ފޮޓޯއަށް އެހާބޮޑު ސަމާލުކަމެއް ލިބުނީވެސް އެހެންވެއެވެ.

މި އަހަރު ނިއުޔޯކްގައި ބޭއްވި ކޮމިކް ކޮންއަށް ދިޔަ އެ އަންހެނުންތައް އެންމެންނަށް ދިނީ ސަޕްރައިޒެކެވެެ. އެ އެންމެން އެތަނަށް ދިޔައީ އެވެންޖާސް ހެދުމުގައި ބުރުގާ އަޅައިގެންނެވެ. އެ މީހުން ބަލާ ބެލުމަށް ވަރަށް ރީއްޗެވެ.

މަލީހާ ފައިރޫޒް ނަމަކަށް ކިޔާ އަންހެނަކު އެކަން އާއްމުންގެ ސަމާލުކަމަށް ގެނައީ އޭނާ ޓްވީޓް ކުރި ފޮޓޯއަކާއެކުގައެވެ. މަލީހާވެސް އެ އެވެންޖާސްތަކުގެ ތެރޭގައި ހިމެނެއެވެ. އެ ފޮޓޯއަށް އެތައް ހާސް ބައެއްގެ ސަމާލުކަން ލިިބިއްޖެއެވެ.

އެ މީހުން ހަމައެކަނި އެ ކޮމިކް ކޮންގައި ބައިވެރިވީއެއް ނޫނެވެ. އެ މީހުން ވަނީ އެ ހެދުމުގައި ކޮސްޓިއުމް ކޮންޓެސްޓެއްގައިވެސް ބައިވެރިވެެގެން ތިން ވަނަ ލިބިފައެވެ.

މި ފޮޓޯތަކަަށް އެތައް ބައެއްގެ ސަމާލުކަން ލިބިއްޖެތާއެވެ. އާއްމުކޮށް ސުޕާ ހީރޯ ހެދުން އަޅާ އުޅެނީ ކުޑަކުދިންނެވެ. އެހެން ނަމަވެސް ޒުވާނުންތަކެއް އިސްވެގެން ކުރި މި ކަންތަކުގެ ސަބަބުން، އެ މީހުންނަކީވެސް އެފަދަ ކެރެކްޓާތައް ދެކެ އިންތިހާއަށް ލޯބިވާ ބައެއްކަން ދޭހަވެގެން ދެއެވެ.

Go to Source
Author: ރީޢާނު ރަޝީދު