ހޮލީވުޑްގެ ޑިރެކްޓަރު ހާވޭ ވެއިންސްޓައިންގެ މައްޗަށް ކުރެވުނު ރޭޕްގެ ތުހުމަތާއެކު ފެށިގެންދިޔަ “މީޓޫ މޫވްމެންޓް” #MeToo މިވަނީ ބޮލީވުޑާއި ހަމައަށް ފޯރާ ބޮލީވުޑްގައި ގިނަ ދުވަސްވީ ވަރުގަދަ ބައެއް ފަންނާނުން ފަލީހަތް ކޮށްލާފައެވެ.

ޖިންސީ ފުރައްސާރަ ކުރުމާއި ދެކޮޅަށް ކުރިއަށްގެންދާ މި މޫވްމެންޓްގެ ފޯރި ބޮލީވުޑްގައި ގަދަވެފައިމިވަނީ

ބޮލީވުޑް ބަތޮލާ ތަނުޝްރީ ދައްތާއަށް، ފިލްމީ ތަރި ނާނާ ޕަޓޭކަރު ޖިންސީ ފުރައްސާރަ ކުރި ކަމަށް ތަނުޝްރީ ބުނި ހިސާބުންނެވެ. ތަނުޝްރީ ބުނެފައިވަނީ 2008 ވަނަ އަހަރު ކުޅުނު ފިލްމު “ހޯރން އޯކޭ ޕްލީސް” ގެ ސެޓުގައި ނާނާ ޕަޓޭކަރު އޭނާއަށް ޖިންސީ ފުރައްސާރަ ކޮށްފައިވާކަމަށެވެ.

އެއަށްފަހު ބޮލީވުޑް ފިލްމު އިންޑަސްޓްރީގެ އެތައް ބޮޑުންނެއްގެ ނަން ފެންމަތިވިއެވެ. އޭގެ ތެރޭގައި ސާޖިދު ޚާން، ވިކާސް ބާލް، އަލޯކް ނާތު، އަބީޖީތު ބަޓަޗާރިޔާ އަދި ލަވަކިޔުންތެރިޔާ ކައިލާޝް ކޭރު ހިމެނެއެވެ.

އެގޮތުން ސާޖިދު ޚާންގެ ނަން މި މޫވްމެންޓްގެ ތެރެއަށް ގެނެސްފައިވަނީ ބަތޮލާ ސިމަން ސޫރީ އެވެ. އޭނާ ބުނެފައިވަނީ އޮޑިޝަނެއްގައި “ސްޓްރިޕް” ކުރުމަށް ސާޖިދު ޚާން އޭނާގެ ކިބައިން އެދުނު ކަމަށެވެ. އެއާއެކު ސާޖިދު ޚާން އަށް ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވެގެން ގޮސްފައިވެއެވެ. އަދި އޭނާގެ ޑައިރެކްޓް ކުރަމުންދިޔަ ފިލްމު ހައުސްފުލް ހަތަރެއްގެ ޑިރެކްޓަރުކަން ދޫކޮށްލާފައިވެއެވެ.

ބޮލީވުޑް ތަރިންގެ މެދުގައި މީޓޫ މޫވްމެންޓް ވަރުގަދަވަމުން އަންނައިރު ކޮންމެ ދުވަހަކުވެސް މީޓޫގެ މޫވްމެންޓްގެ އައު ވާހަކަތަކެއް އަންނަނީ ފެންމަތިވަމުންނެވެ. ބޮލީވުޑްގެ ބައެއް ބަތޮލުންނާއި ޑިރެކްޓަރުން އަންނަނީ މީޓޫ މޫމްމެންޓްގައި އަޑު އުފުލަމުން އަންނަ ބަތޮލާއިންނަށް ހިތްވަރު ދެމުންނެވެ.

Go to Source
Author: ދުވަސް އެމްވީ