ބޮލީވުޑް ބަތޮލު ސައިފް އަލީ ޚާން އާއި ކަރީނާ ކަޕޫރުގެ ދަރި ތައިމޫރް އަލީ ޚާން އަކީ އުފަންވީއްސުރެ މީޑިއާގައި ބޮޑު ސަމާލުކަމެއް ލިބެމުން އަންނަ ކުއްޖެކެވެ.
ތައިމޫރް ގެއިން ނިކުމޭތޯ ބަލަ ބަލާ ޕަޕަރާޒީން އަބަދުވެސް ތިބޭ ކަމަށްވެއެވެ.
ކޮންމެއަކަސް ތައިމޫރް ބޯޑިން ސްކޫލަކަށް ފޮނުވަން ސައިފް ނިންމާފައިވާކަމަށް މީޑީއާތަކުން މިވަނީ ރިޕޯޓްކޮށްފައެވެ. އެގޮތުން ބައެއް މަސްދަރުތަކުން ބުނާގޮތުގައި ތައިމޫރް ބޯޑިން ސްކޫލަކަށް ފޮނުވާލަނީ މީޑިއާތަކުންނާއި ޕަޕަރާޒީންގެ އުނދަގޫ ބޮޑު ކަމުންނެވެ.
ނަމަވެސް މިކަމާއިމެދު ސައިފް ބުނެފައިވަނީ އެންމެ ލަސްވެގެން އުމުރުން 13 އަހަރުވުމުން ބޯޑިން ސްކޫލަކަށް ތައިމޫރް ފޮނުވުމުގެ ވިސްނުން ގެންގުޅޭ ކަމަށެވެ. އެއީ ޕަޕަރާޒީންނާއި މީޑިއާތަކުން ދޭ ސަމާލުކަމުން ތައިމޫރް ބްރޭކެއް ނެގުމަކީ ކޮންމެހެން މުހިންމުކަމަކަށް ވާތީ ކަމުގައި ސައިފް ބުނެފައިވެއެވެ.
ތައިމޫރް އުފަންވީ 20 ޑިސެމްބަރު 2016ގައެވެ. މިހާރު އުމުރުން އެއް އަހަރުގެ ތައިމޫރަށް މީޑިއާގައި ބޮޑު ސަމާލު ކަމެއް ލިބެމުން އަންނައިރު ސައިފްގެ ކޮއްކޮ ސޯހާ އަލީ ޚާންގެ އަންހެން ދަރި އިނާޔާ ނައުމީ ކެމޫ އަށްވެސް ތައިމޫރާއެކު މީޑިއާގައި ބޮޑު ސަމާލުކަމެއް އަންނަނީ ލިބެމުންނެވެ.
Go to Source
Author: ދުވަސް އެމްވީ