މިއަދު ހަމަ ކޮންމެ މީހެއްގެ އަތުގައިވެސް އެންމެ ފަހުގެ ފޯންއެއް އޮވެއެވެ. ކޯލްކޮށްލާ ހިތްހަމަ ޖައްސާލުމަށެވެ. ރަޙްމަތްތެރިންނާއި ވާހަކަ ދައްކާ ވީޑިއޯ ބަލާލުމަށެވެ. ނަމަވެސް ގިނަ ފަހަރަށް ފޯންގެ ސްޓޯރޭޖް ފޯންގައި މާ ގިނަ އެޕްލިކޭޝަން ބަހައްޓަން ގާޖައެއް ނުދެއެވެ. މިމައްސަލަ ދިމާވާ ބޭފުޅުންނަށް ބައެއް ކަހަލަ ޕްލެޓްފޯމްތަކަށް ނުވެދުމުގެ މައްސަލައަކީ ބޮޑު މައްސަލައެކެވެ

މިގޮތުން ބަލާއިރު ޓިކްޓޮކްއަކީ ފައިލް ސްޓޯރޭޖް ބޮޑު އެޕްލިކޭޝަންއެކެވ. ނަމަވެސް ދިވެހި ގިނަ ފަންނާނުންތަކެއް ޓިކްޓޮކްގައި އުޅުމުގެ ނަތީޖާއެއްގެ ގޮތުން ޓިކްޓޮކް ވީޑިއޯ ބަލާލަން ހަމަ ކޮންމެ މީހަކުވެސް ބޭނުންވެއެވެ. މިގޮތަށް ބޭނުންވާ މީހުންގެ ބޭނުންތައް ފުއްދާ ދިނުމަށް ބަޔަކު އެކުވެގެން މިވަނީ ޓިކް ޓޮކް މޯލްޑިވްސް ގެ ނަމުގައި ޕޭޖްއެއް ހަދާފައެވެ.

https://www.facebook.com/tiktokmaldivess/videos/176738643209627/

ޓިކް ޓޮކް މޯލްޑިވްސް ޕޭޖް ހިންގަމުން އަންނަ ޓީމްގައި ހިމެނޭ މީހަކު ނަން ނުޖެހުމަށް ޝަރުތުކޮށް “ރާއްޖެ ފީޑް” އަށް މަޢުލޫމާތު ދެމުން ބުނެފައިވަނީޓިކް ޓޮކް މޯލްޑިވްސް ޕޭޖްއަކީ ފޭސްބުކް މެދުވެރިކޮށް ޓިކް ޓޮކް ވީޑިއޯ ބަލާލަން ބޭނުންފުޅުވާ ފަރާތްތަތަކަށް ޚާއްސަކޮށްގެން އުފައްދާފައިވާ ޕޭޖްއެއް ކަމަށެވެ. އަދި މިޕޭޖްއަށް ލިބޭ ތަރުޙީބުން މިމަޤްސަދު ޚާސިލްވި ކަމަށް ޤަބޫލު ކުރާ ކަމަށްވެސް ޓިކް ޓޮކް މޯލްޑިވްސް ގެ ޓީމް އިން މައުލޫމާތު ދެއެެވ.

“އަސްލު ރާއްޖޭގައި އެބަތިބި ވަރަށް ޓެލެންޓެޑް ވަރަށް އެކްޓް ކުރަން މޮޅު ކުދިން. ޓިކް ޓޮކް މޯލްޑިވްސްގައި އެކުދިން ޝޯކޭސް މިކުރަނީ. ވަރަށް ބޮޑު ތަރުޙީބެއް ލިބޭ އަސްލު. ޤަބޫލުކުރަން އަޅުގަނޑުމެން މިކުރާ މަސައްކަތް ދިވެހިން ބަލައިގަންފި ކަމަށް” ޓިކް ޓޮކް މޯލްޑިވްސް ޓީމްއިން ވާހަކަ ދެއްކި މީހާ ބުނެފައިވެއެވެ.

ޓިކް ޓޮކް މޯލްޑިވްސް ގެ ޓީމްއިން ބުނީ ކުރިޔަށް އޮތްތާންގައިވެސް މިމަސައްކަތް އިތުރަށް ކުރިޔަތް ގެންދާނެ ކަމަށާއި އަދި ގިނަ ދިވެހިންގެ އިތުރު ތަރްޙީބް ލިބިގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. އަދި ޓިކް ޓޮކް މޯލްޑިވްސް ގެ ޕޭޖަށް ވީޑިއޯ ފޮނުވުމުން އެވީޑިއޯތައް ޝާއިރުކޮށްދޭނެ ކަމަށްވެސްޓިކް ޓޮކް މޯލްޑިވްސް އިން ބުނެފައިވެއެވެ.