ފޯންގެެ ދުނިޔޭގައި އެޕަލް އަދި ސެމްސަންގްއަކީ އަބަދުވެސް ވާދަ ކުރާ ދެ ކުންފުންޏެވެ. އެޕަލްގެ އެންމެ ފަހުގެ ފޯންތަކާއި ސެންސަންގްގެ އެންމެ ފަހުގެ ފޯނުތަކާއި އަޅާ ކިޔާ އެތަނުން އެންމެ ރަނގަޅީ ކޮ ންފޯނެއްތޯ އަބަދުވެސް މީހުން ބަލައެވެ.

މިފަހަރުވެސް މިކަހަލަ ޓެސްޓެކެވެ. ފޯން ބަފް ނަމަކަށް ކިޔާ ކުންފުންޏަކުން މިވަނީ ސެންސަންގްގެ އެންމެ ފަހުގެ ފޯން ސެމްސަންގް ގެލެކްސީ ނޯޓް 9 އަކާއި އައިޕޯންގެ އެންމެ ފަހުގެ ފޯން އައިފޯން ޓެން އެކްސް މެކްސްގެ ބެޓްރެރީ އާއި އަޅާ ކިޔާފައެވެ.

ސެމްސަންގް ގެލެކްސީ ނޯޓް 9 ގެ ބެޓްރީއަށް ބަލާލާއިރު، މިބެޓެރިއަކީ 4,000 މިލިއެންޕެއަރގެ ބެޓްރިއެކެވެ. އަދި އައިފޯން ޓެން އެކްސް މެކްސްގެ ބެޓްރިއަކީ 3,174 މިލިއެންޕެއަރގެ ބެޓްރިއެކެވެ.

ބެޓްރީ ޓެސްޓްގައި އާއްމުކޮށް ފޯނުން ބޭނުންކޮށް އުޅޭ ހުރިހާ ކަމެއް ކުރެއެވެ. މިގޮތުން ޓެކްސްޓް ކުރުމާއި ގުޅުމާއި ފޮޓޯ ނެގުމާއި މިފަދަ ކަންކަން ކުރެއެވެ. މިޓެސްޓް ފެށިއިރު ކުރީގައި އޮތީ އައިޕޯންއެވެ. ސަބަބަކީ ފުރަތަމަ ކޯލް ކުރުމުން އައިފޯން ޓެން މެކްސްގެ ބެޓްރިން އުނިވީ އެންމެ 3 އިންސައްތައެވެ. ނަމަވެސް ސެމްސަންގް ގެލެކްސީ ނޯޓްގެ ބެޓްރީ ޕަސެންޓޭޖްއިން 5 އިންސައްތަ އުނިވެފައިވެއެވެ.

ނަމަވެސް ފަހުން ފޯން ބޭނުން ކުރަން ފެށުމުން އައިޕޯންގެ ބެޓްރީ އަވަހަށް ހުސްވިއެވެ. އައިފޯން ޓެން އެކްސް މެކްސްގެ ބެޓެރީ އެއްކޮށް ހުސްވިއިރު, ސެމްސަންގް ގެލެކްސީ ނޯޓް 9 ގައި 37 އިންސައްތަ ޗާޖް ހުއްޓެވެ.

ބެޓްރީގައި ޗާޖް ހުންނަ މިންވަރަށް ބަލާ އައިފޯންއަށްވުރެ ކުރީގައި ސެމްސަންގް އުޅުނު ކަމުގައި ވީނަމަވެސް، ޕާފޯމޭންސްއަށް ބަލާ ކުރީގައި އުޅެނީ އައިފޯންއެވެ.

Go to Source
Author: މުޙައްމަދު އަރީޙް