ޕެޓްރޯލް ސްޓޭޝަންތަކުގައި ނުވަތަ ޕެޓްރޯލް ޝެޑްތަކުގައި، ސަލާމަތީ އެތައް ސަބަބަކަށްޓަކައި ގަވާއިދުތައް ހެދިފައި ހުރެއެވެ. އެތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ނުކުރުމާއި، ލައިޓަރުފަދަ ތަކެތި ނުގެންގުޅުން އަދި މޯބައިލް ފޯނު ނުގެންގުޅެވޭ ގޮތަށް އެތައް ގަވާއިދެއް ހަދާފައި ހުރެއެވެ. މިކަންކަމަކީ، އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅިފައި ހުންނަ ފިޔަވަޅެވެ.

މިފަދަ ތަންތަނުގައި ކަންކަން މަނާކުރުމަށް ވަކި ނިޝާން ބޯޑުތަކެއް ޖަހާ ހަރުކޮށްފައި ނުހުރިކަމުގައިވިޔަސް، އަމިއްލަ ބުއްދި ބޭނުންކޮށްގެން ރައްކާތެރި ގޮތްތަކާމެދު ވިސްނަން ޖެހެއެވެ. އެފަދަ ތަންތަނަށް ގޮސް ކުރާ ކަންކަމާމެދުވެސް ވިސްނުން ބަހައްޓަން ޖެހެއެވެ.

އެގޮތުން، އެމެރިކާގެ ސިޓީއެއްގައި، މީހަކު ކުރި ކަމެއްގެ ސަބަބުން މުޅި ޕެޓްރޯލް ސްޓޭޝަނުގައިވަނީ އަލިފާން ވަނީ ރޯވެފައެވެ.

އެގޮތުން، އެޤައުމުގެ ހެކެންސެކް ސިޓީގައި އޮންނަ ޕެޓްރޯލް ޝެޑަކަށް ޕެޓްރޯލް އެޅުމަށްދިޔަ ކާރެއް، ޕެޓްރޯލް އަޅާ ނުނިމެނީސް ދުއްވާލުމުން، މުޅި ތަނުގައިވަނީ އަލިފާން ރޯވެފައެވެ.

އެސަރަޙައްދުގެ ފަޔަރ ޑިޕާޓްމަންޓް އިން އާއްމުކޮށްފައިވާ ސަވައިލަންސް ވީޑިޔޯތަކުން ފެންނަ ގޮތުގައި، ކާރު ދުއްވަން ފެށިއިރު، ޕެޓްރޯލް އަޅަން ބޭނުންކުރާ ނޮޒުލް އިނީ، ކާރުގެ ޕެޓްރޯލް ޓޭންކުގެ އެތެރޭގައެވެ. ފަޔަރ ޑިޕާޓްމަންޓް އިން އިތުރަށް ބުނެފައިވާ ގޮތުގައި، އަލިފާން ރޯވުމާއެކު އަލިފާންނިވި ބޭނުންކޮށްގެން ރޯވެފައިވާ އަލިފާންގަނޑު ނިއްވުމުގެ މަސައްކަތް ފެށިއެވެ.

މީޑިޔާ ރިޕޯޓުތައް ބުނެފައިވާ ގޮތުން، އަލިފާންގަނޑު އެއްކޮށް ފެތުރި، މުޅި އެސަރަޙައްދުގައި ނުރައްކާތެރި ޙާދިސާއެއް ހިނގަން މެދުވެރި ނުވީ އެތަނުގައި މަސައްކަތް ކުރާ މީހެއްގެ އަވަސް ހަރަކާތާއި ހުޝިޔާރުކަމުގެ ސަބަބުންނެވެ.

މި ޙާދިސާގެ ސަބަބުން އެތައް ބަޔަކަށް ވަނީ އިބުރަތެއް ލިބިގެން ގޮސްފައެވެ.

Go to Source
Author: އިބްރާހީމް މުޙައްމަދު