މިދިޔަ މަހު ފޭސްބުކް ހެކް ކޮށް 29 މިލިއަން މީހުންގެ މައުލޫމަތު ހެކަރުން ވަގަށް ނަގާފައިވާ ކަމަށް ފޭސްބުކް އިން ބުނެފިއެވެ.

ފޭސްބްކަށް ދިން ސައިބާ ހަމަލާ އާއި ގުޅޭ ގޮތުން ދެންމެ ފޭސްބްކް އިން ނެރުނު ބަޔާނެއްގައި ބުނީ ފޭސްބުކް ހެކް ކޮށް 29 މިލިއަން މީހުންގެ މޯބައިލް ނަމްބަރާއި، އީމެއިލް އެޑްރެސް ހެކަރުންގެ އަތްދަށުވެފައިވާ ކަމަށެވެ.

އަދި އެމައުލޫމާތުތަކުގެ އިތުރުން 14 މިލިއަން މީހުންގެ ޔޫސާ ނޭމާއި، އެމީހުން ދިރިއުޅޭ ތަނާއި، އެމީހުންގެ އާއިލާ މެންބަރުންގެ މައުލޫމާތާއި އެމީހުން އެންމެ ފަހުން ޗެކިންވި 10 ލޮކޭޝަނާއި އެމީހުން ވާހަކަ ދައްކާ އުޅޭ ބަހާއި އެމީހުން ގަބޫލު ކުރާ ދީނުގެ މައުލޫމާތާއި އެންމެ ފަހުން ސާޗް ކުރި 15 ނަން ވެސް ވަނީ ހެކަރުންގެ އަތްދަށުވެފައި ކަމަށް ބަޔާނުގައި ވެއެވެ.

ފޭސްބުކްގެ ބަޔާނުގައި ބުނީ އެފްބީއައި އާއި ގުޅިގެން އަދިވެސް މައްސަލައިގެ ތަޙްޤީޤު ކުރިއަށްދާ ކަމަށާއި ފޭސްބުކް ހެކް ކުރުމުގެ ފަހަތުގައި ތިބީ ކޮންބައެއްކަން އަދި ހާމަ ނުކުރަން އެފްބީއައި އިން އެދިފައި ވާތީ އެމައުލޫމާތު ހާމަކުރެވެން ނެތް ކަމަށެވެ.

އެތައް މިލިއަން ބަޔަކަށް މިހަމަލާގެ އަސަރު ކޮށްފައި ވީނަމަވެސް މިއީ ކުރިން ލަފާކުރެވުނު އަދަދަށް ވުރެ މަދު އަދަދެއް ކަމަށް ފޭސްބުކްގެ ބަޔާނުގައި ވެއެވެ.

ފޭސްބްކް އިން އެދިފައި ވަނީ ފޭސްބްކް ބޭނުން ކުރާ ފަރާތްތަކުން ޕާސްވޯޑް ބަދަލުކޮށް އެކައުންޓްގެ ސަލާމަތީ ކަންތައްތައް ވަރުގަދަ ކުރުމަށެވެ.

Go to Source
Author: އާދަމް ނަވާޒް