ރަޝިއާގެ ހޮސްޕިޓަލުގެ ތެރެއިން މީގެ 35 އަހަރު ކުރިން ވަކިވި އެއްމާބަނޑު ދެބެއިން ފުރަތަމަ ފަހަރަށް ބައްދަލުވެއްޖެއެވެ. މި ދެ މީހުން ބައްްދަލުވިގޮތުގެ ވާހަކަ ދައްކާލަމާ ހިނގާށެވެ.

ޔޫލިއާނާ ނަމަކަށް ކިޔާ އަންހެން މީހާ ބަލާބޮޑުކޮށްފައި ވަނީ ރަޝިއާގައި އޭނާގެ އަސްލު މައިންބަފައިންނެވެ. އޭނާއާ އެއް ލެއެއް ހިނގާ ކްސެނިއާ ދިރިއުޅެމުން ދިޔައީ ކުދިން ބަލަހައްޓާ ގެއެއްގައެވެ. އަދި ކްސެނިއާގެ ބަދަލުގައި ޔޫލިއާނާގެ މައިންބަފައިންނަށް ލިބުނީ، އެހެން ކުއްޖެކެވެ. އެއީ ޔާނާއެވެ. އެކަން އޮތީ މިއޮށް ހުރިހާ ދުވަހު ނޭގިފައެވެ.

ކްސެނިއާގެ މައިންބަފައިން ކަމަށް ދެކުނު އަންހެން މިހާއަށް ދަރިން ބެލެން މަނާކޮށްފައިވުމުން ކުދިން ބަލަހައްޓާތަނެއްގައި އުޅެމުންދިޔަ ކްސެނިއާ އާއި ޔޫލިއާނާ އާ މީހުން ބައްދަލުވީ ޔޫލިއާނާގެ ރަހުމަތްތެރިއަކަށް، އޭނާއާ ވައްތަރު މީހަކު މަގުތިން ފެނުނުމުން ހިނގާދިޔަ ކަންތައްގަނޑެއްގެ ތެރެއިންނެވެ.

“އެލީނާ ކިޔާ އަހަރެންގެ ރަހުމަތްތެރިއެއް އަހަންނަށް ގުޅާފައި ވަނީ، އޭނާ އަހަރެން ކައިރިން ލާފައި ދިޔައިިރުވެސް، އަހަރެން ބަލާލި ނަމަވެސް ހީވެސް ނުލާ އަދި ހަނާވެސް ނާޅާކަމަށް. އަހަރެން ވަރަށް ޝޮކްޖެހިފައި ބުނިން އޭނާ ކައިރީ އަހަރެން މިހިރީ ގޭގައޭ، އަހަރެން މަގުމަތިން ފެންނާނީ ކިހިނެއް ހެއްޔޭ”، ޔޫލިއާނާ ބުންޏެވެ.

ޔޫލިއާނާ ބުނީ، އޭނާގެ ރަހުމަތްތެރިޔާ ބުނީ، އޭނާއާ ވަރަށް ވައްތަރު މީހަކު އެތާ ކައިރީ ހުރި ކެފޭއަކަށް ވަދެއްޖެ ކަމަށެވެ އަދި އޭނާއާ ޔޫލިއާނާ ވަރަށް ވައްތަރުކަމަށް ބުނެ، އެ އަންހެން މީހާއާއެކީ އެލީނާ ފޮޓޯވެސް ނެގިއެވެ. އަދި އެ ފޮޓޯ ނަގާ ނޫލިއާނާއަށްވެސް ފޮނުވިއެވެ.

ޔޫލިއާނާއަށްވެސް އެ ފޮޓޯ ފެނުމުން އެ މީހާއާ އޭނާގެ ވައްތަރުކަން އެނގިގެން ދިޔައެވެ. އަދި އޭގެ އެތައް ދުވަހެއް ފަހުން ޔޫލިއާނާ ވަނީ ކްސެނިއާ އާ ބައްދަލުކޮށްފައެވެ. ދެ މީހުން ވަރަށް ވައްތަރެވެ. އަދި ދެ މީހުން ބައްދަލުވުމުން ގުޅުމެއް ވާކަން އެނގިގެން ދިޔަ ކަމަށް ޔޫލިއާނާ ބުންޏެވެ.

އަދި ވަގުތުން ޔާނާ އަކީ އޭނާގެ ދައްތަ ނޫންކަން ޔޫލިއާނާއަށް އެނގިގެން ދިޔައިރު، އެކަން ޔަގީން ކުރުމަށް ޑީއެންއޭ ޓެސްޓުތައް ހެދިއެވެ. އަދި ކްސެނިއާއަކީ ޔޫލިއާނާގެ ދައްތަކަން ވަނީ އެނގިގެން ގޮސްފައެވެ.

1982 ވަނަ އަހަރު ގާލިއާނާއަށް ލިބުނު ދެ ކުދިންގެ ތެރެއިން ޔޫލިއާނާއަކީ ފުރަތަމަ ވިހެއި ކުއްޖާއެވެ. ދެވަނަ ކުއްޖާ ވިހާފައި ވަނީ ފަހުންނެވެ.

ގާލިއާނާ ބުނީ، އޭނާއަށް ދެވަނަ ދަރިފުޅު ފެނުނީ އެންމެ ދެ ފަހަރުއެވެ. އެއީ އެ ކުއްޖާގެ ބަލި ހާލަތު ހުރިގޮތުން އޭނާއަށް ހޮސްޕިޓަލްގައި ފަރުވާދެމުންދިޔައިރު، އެ ދުވަސްވަރަކީ ހުން ވަރަށް ބޮޑަށް ފެތުރިފައިވާ ދުވަސްވަރެއް ކަމުން އެ ދަރިފުޅު ކައިރިއަށް އޭނާއަށް ވަނުން މަނީ މަނާކޮށްފައެވެ.

ގާލިއާނާ ބުނީ، އެ މިހުންގެ ދެވަނަ ދަރިފުޅު ހޯދަން ހޮސްޕިޓަލަށް ދާން އެންގީ މަހެއްހާ ދުވަސް ފަހުންނެވެ. އަދި ހޮސްޕިޓަލުން އެ މީހުންނާއި ހަވާލުކުރި ދަރިފުޅު ގޮވައިގެން ގެއަށް ދިޔައިރު، އެ ކުއްޖާގެ ހަންގަނޑަަށް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ވަނީ ލިބިފައެވެ. އަދި ގޭގައި އެ ކުއްޖާއަށްވެސް ފަރުވާދިނެވެ.

ގާލިއާނާ ބުނިގޮތުގައި، ޔޫލިއާނާ އާއި ޔާނާ އާ ދެ މީހުން ވަރަށް ތަފާތެެވެ. އެކަކު އިސްކޮޅުން ދިގުވެފައި އެކަކު ކުރެއެވެ. އަދި ދެ މީހުން ނުވެސް ގުޅެއެވެ.

މިހާރު އުމުރުން އެހާ ބޮޑެވި ފަހުން އަސްލު މައިންބަފައިންނަކީ ކޮން ބައެއްކަން އެނގި ކޮންމެވެސް ވަރަކަށް ޔާނާ ހިތާމަ ކުރަމުން އަންނަ ކަމަށް ވެއެވެ. ނަމަވެސް ތިން މީހުންވެސް މިހާރު ވަރަށް ގާތް ކަމަށް ވެއެވެ.

Go to Source
Author: ރީޢާނު ރަޝީދު