ލޮތްބަކީ ވަރަށް ތަފާތު އެއްޗެކެެވެ. މާބޮޑަށް ލޯބިވުމުގެ ސަބަބުން، ލޯބިވެރިޔާ ކުރާ ނުރަނގަޅު ކަންތައްވެސް ނުފެނެއެވެ. އަދި ކިތަންމެ ވަރަކަށް އަނިޔާ ކުރިނަމަވެސް އެކަން ސިއްރުކޮށް، އެ އަނިޔާއަށް ކެތްކޮށްގެން އުޅޭ މީހުން މަދެއް ނޫނެވެ.

މިއީވެސް އެފަދަ ހާދިސާއެކެވެ. އެހެން ނަމަވެސް އޭނާ އެ ވަނީ އަނިޔާވެރި އެ ލޯބިވެރިޔާ ކައިރިން ސަލާމަތްވުމަށް މަސައްކަތްކޮށްފައެވެ. އަދި އެކަން ވަނީ ކާމިޔާބުވެސް ކޮށްފައެވެ.

އެމެރިކާއަށް ނިސްބަތްވާ މީހަކު އޭނާގެ އަނިޔާވެރި ލޯބިވެރިޔާ ކައިރިން ސަލާމަތްވެފައި ވަނީ މީހެއްގެ އެހީގައެވެ. އޭނާ ވަނީ ލޯބިވެރިޔާ އޭނާއަށް އަނިޔާ ކުރަމުންދާ ކަމަށާއި، ފުލުހުންނަށް އެކަން އަންގައިދިނުމަށް އެދި އޭނާ ގެންގުޅެ ކުއްތާ ގޮވައިގެން ޖަނަވާރުންގެ ހާއްސަ ޑޮކްޓަރު ކައިރިއަށް ދިޔަ ދުވަހެއްގައި އެތާ އުޅޭ މީހުންނަށް އަންގާފައެވެ. އޭނާ އެތަނަށް ދިޔައީ ލޯބިވެރިޔާވެސް ގޮވައިގެންނެވެ.

ނޯޓެއްގައި، ލޯބިވެރިޔާ އޭނާއަށް އަނިޔާ ކުރަމުންދާ ކަމަށާއި، ލޯބިވެރިޔާގެ އަތުގައި ބަޑިއެއްވެސް އޮތްކަމަށް އޭނާ ބުންޏެވެ.

ކެރޮލައިނާ ނަމަކަށްް ކިޔާ އެ އަންހެން މީހާއަށް އެދުވަހުން ގެއިން ނުކުމެވުނީ، އެ ކުއްތާއަށް ފަރުވާ ދިނުމަށެވެ. އެ ކުއްތާއަށް ފަރުވާދޭން ކަމަށް ބުނެ އެ ތަނަށް ގޮސް، އެތަނުގައި މަސައްކަތް ކުރާ ސްޓާފެއްގެ އަތަށް އެ ނޯޓު ކޮޅު ދިނެވެ. ވަގުތުން އެ މީހާ ވަނީ ފުލުހަށް ގުޅާފައެވެ. އަދި އެކަން ފުލުހުންނަށް އަންގާފައެވެ.

ވަގުތުން ފުލުހުން އައިސް ކެރޮލައިނާގެ ލޯބިވެރިޔާ ހައްޔަރުކުރިިއިރު، އޭނާގެ އަތުގައި އޮތް ބަޑިވެސް ވަނީ އަތުލައިގެނަފައެވެ. އަދި ކެރޮލައިނާ ވަނީ އޭނާއަށް މިދިޔަ މަސް ތަކުގައި ކޮންމެ ދުވަހަކު ލިބެމުންދާ އަނިޔާތަކުގެ ވާހަކަތައް ކިޔާދީފައެވެ.

Go to Source
Author: ރީޢާނު ރަޝީދު