ޖިންނި ޝައިޠާނުންނަކީ އުޅޭ އެއްޗެއް ކަމާއި، އެތަކެތި އިންސާނުންނަށް ފެންނާނެ ކަމާއި މެދު އަހަރެމެން އެއްވެސް މީހަކު ސުވާލެއް ނުއުފައްދަމެވެ. ނަމަވެސް ޖިންނިއެއް މީހަކަށް ފެނުމަކީ ބިރުވެރިކަން އިހްސާސް ކުރެވޭ ކަމެކެވެ. އެހެންކަމުން އެވާހަކަ މީހުން ދައްކައެވެ. އެހެން މީހުންނާއި ހިއްސާ ކުރެއެވެ.

ދާދިފަހުން އެމެރިކާގެ ޒުވާނެއް ކަމަށްވާ ޓްރޯއީ ވެންސީ ފޭސްބުކްގައި ހިއްސާކުރި ފޮޓޯ އަކާއި އެކު ލިޔެފައި ވެއެވެ. “އަހަރެން އަތިރިމައްޗަށް ދިޔައީ އިރުއަރާ މަންޒަރު ބަލާށެވެ. އަދި އިރުއަރާ ވަގުތު ރީތި ފޮޓޯތަކެއް ނަގާށެވެ. ނަމަވެސް އެއީ އަހަރެންގެ މުޅި ދިރިއުޅުން ބަދަލު ކޮށްލި ހާދިސާ ހިނގި ދުވަހެކެވެ.”

އޭނާ އިތުރަށް ލިޔެފައިވާ ގޮތުގައި ޓްރަކް ބާއްވާފައި އޭނާ ދިޔައީ އަތިރިމައްޗަށެވެ. ނަމަވެސް އިރުކޮޅެއް ފަހުން އަޑެއް އިވިގެން ބަލާލިއިރު ޓްރަކް ތެރޭގައި އިނީ “ޖިންނިއެކެވެ.”

އެއީ އިންސާނެއްގެ ސިފައިގައި ހުރި އެއްޗެއް ހެން ހީނުވާ ކަމަށް ޓްރޯއީ ބުނެއެވެ. ޓްރޯއީ ވަނީ އެވަގުތު ފޮޓޯ އެއްވެސް ނަގާފައެވެ. ފޮޓޯ އިން ފެންނަނީ ކޮން އެއްޗެއް ކަމެއް ބުނެދޭކަށް އެއްވެސް މީހަކަށް ނޭނގެއެވެ.

ޓްރޯއީ އަށް ޓްރަކް ތެރެއިން އެއްޗެއް ފެނުމުން ފޮޓޯއެއް ނަގާފައި އޭނާ ދުވެފައި ޓްރަކް ކައިރިއަށް އައެވެ. ނަމަވެސް އޭރު އެއްވެސް އެއްޗެއް ޓްރަކް ތެރޭގައި ނެތެވެ. ފޮޓޯ އިން ޓްރަކް ތެރޭގައި އެއްޗެއް އިން މަންޒަރު ފެނުނު ނަމަވެސް ކުޑަ ސިކުންތުކޮޅެއްގެ ތެރޭގައި އެއެއްޗެއް ގެއްލުނު ގޮތެއް ޓްރޯއީ އަކަށް ވެސް ނޭނގެއެވެ.

ޓްރޯއީ ބުނާ ގޮތުގައި އޭނާ އަށް މިހާރު އަބަދުވެސް ހުރެވެނީ ބިރުވެރިކަމެއްގެ ތެރޭގައެވެ.

Go to Source
Author: އާދަމް ނަވާޒް