އިނގިރޭސިވިލާތުގެ ލަންޑަނުން އެންމެ އަގުބޮޑު ލަގްޒަރީ ފްލެޓަކާއި، އެހެނިހެން ތަކެތި ގަންނަން 21 މިލިއަން އެމެރިކާ ޑޮލަރު (323 މިލިއަން ދިވެހި ރުފިޔާ) ޚަރަދު ކުރި އަޒަރު ބައިޖާންގެ އަންހެނެއްގެ މައްސަލަ އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ބަލަން ފަށައިފިއެވެ.

ޒަމީރާ ހަޖިޔޭވާ ނަމަކަށް ކިޔާ އަންހެން މީހާ މާބޮޑެތި ޚަރަދުތަކެއް ކުރަމުން ގެންދާނީ އިނގިރޭސިވިލާތުގެ ކަމާބެހޭ ފަރާތްތަކުން ބަލަމުން ގެންދަނީ އޭނާ އަށް ފައިސާ ލިބުނު ގޮތެކެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޒަމީރާ ގަނެފައިވާ ފްލެޓްގެ އަގު އެކަނި ވެސް 15 މިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ. ފްލެޓްގެ އިތުރުން އޭނާ ވަނީ ގޮލްފް ކޯސް އެއް ވެސް ގަނެފައެވެ.

ޒަމީރާގެ ފިރިމީހާ އަކީ އިންޓަނޭޝަނަލް ބޭންކް އޮފް އަޒަރު ބައިޖާންގެ ކުރީގެ ޗެއާމަން ޖަހަންގިރު ހަޖިޔޭވާ އެވެ. ކޮރަޕްޝަނާއި، މަގާމުގެ ނުފޫޒު ބޭނުން ކުރުމާއި، ވައްކަމުގެ މައްސަލައެއްގައި މަގާމުން ދުރުކޮށް ޖަގަންގިރަށް ވަނީ 15 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައެވެ. އޭނާ މިހާރު ވެސް އޮތީ އަޒަރުބައިޖާންގެ ޖަލުގައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޒަމީރާ ވަނީ ގަހަނާ އާއި ހިފައި ގެންގުޅޭ ތަކެއްޗަށް ވެސް އެތައް މިލިއަން ޑޮލަރެއް ޚަރަދު ކޮށްފައެވެ.

ލަންޑަންގެ ކޯޓަކުން މިހާރު ވަނީ ޒަމީރާ އަށް ފައިސާ ލިބުނު ގޮތެއް ބަލަން ކަމާ ބެހޭ ލިޔުންތައް ހޯދާ، ފާސް ކުރަން ޖެހޭ ތަންތަން ފާސްކުރުމުގެ ހުއްދަ ދީފައެވެ.

Go to Source
Author: އާދަމް ނަވާޒް