ކިމް ކާޑޭޝިއަންގެ ފިރިމީހާ ކާންޔޭ ވެސްޓް އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސް އަށް ގޮސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ރޭ ބައްދަލު ކޮށްފިއެވެ.

އާންމު ގޮތެއްގައި ޖޯކް ކަންތައް ކުރާ ކާންޔޭ ޓްރަމްޕް އާއި ބޭއްވި ބައްދަލު ވުމުގައި އެންމެ ފާހަގަ ކޮށްލެވޭ އެއް ކަމަކަށްވީ ޓްރަމްޕަށް ފޮޓޯއެއް ދައްކަން ވެގެން ކާންޔޭ ހުރިހާ ނޫސްވެރިންގެ ކުރިމަތީގައި ފޯނުގެ ޕާސްވޯޑް ޖެހުމެވެ.

ކާންޔޭގެ ފޯނުގެ ޕާސްވޯޑަކީ “000000” އެވެ. މިއީ އެހެން ބައެއް މީހުން ވެސް ފޯނުގެ ޕާސްވޯޑެއްގެ ގޮތުގައި ބޭނުން ކޮށްފާނެ އަދަދެއް ކަމަށް ވެދާނެއެވެ. ނަމަވެސް މީޑިއާ މީޑިއާ އެތައް ބަޔަކު މިހާރު ގެންދަނީ ކާންޔޭގެ ފޯނު ޕާސްވޯޑަށް ޖޯކް ޖަހަމުންނެވެ.

ބައެއް މީހުން ވަނީ ކާންޔޭ އަވަހަށް ފޯނުގެ ޕާސްވޯޑް ބަދަލު ކުރުމަށް ވެސް ގޮވާލަމުންނެވެ.

Go to Source
Author: އާދަމް ނަވާޒް