ސްކޭޓް ކުރުމަކީ ދުނިޔޭގެ ގިނަ ޒުވާނުންގެ މެދުގައި ވަރަށް މަގުބޫލު ކުޅިވަރެކެވެ. ނަމަވެސް މިހާރު މި ވަނީ ބުޅަލަކަށް ހާއްސަ ކޮށްގެން ސްކޭޓް ބޯޑެއް ހަދާފައެވެ. އެގޮތުން މި ސްކޭޓް ބޯޑު އުފައްދާފައިވަނީ މިޑީ ނަމަކަށް ކޮމްޕިއުޓަރ ގްރެފިކް ޑިޒައިނަރެކެވެ.

ވަރަށް ހަރަދު ކުޑަކޮށް ހަދާފައިވާ މި ބޯޑާއި ބެހޭ ގޮތުން މިޑީ ބުނީ އެބޯޑުގައި ހަރުކުރެވިފައިވާ ޓިއުބަކަށް ދަމާލުމުން އެބޯޑު މަސައްކަތް ކުރަންފަށާނެއެވެ. އޭނާ ބުނީ އެއީ ގޭތެރޭގައި އުޅޭއިރު މިޑީއަށް ފަސޭހަކޮށްދިނުމަށް ހަދާފައިވާ ސްކޭޓްބޯޑެއް ކަމަށެވެ

ކުޑަ ކޮމްޕިއުޓަރު ބޯޑުތަކުން ސްކޭޓްބޯޑު ކޮންޓުރޯލުކުރެވޭ މި ސްކޭޓް ބޯޑު މަތީގައި ގޭތެރޭގައި ދުވެ، ހިނގާ އުޅުމުގެ ބަދަލުގައި މިޑީ އޭގެ މަތީގައި ސްކޭޓް ކުރެއެވެ. ކިމްސް ބުނިގޮތުގައި މިއީ އިލެކްޓްރޯނިކް ސްކޭޓްބޯޑެކެވެ. އެގޮތުން އެބޯޑު ހެދުމަށް ގިނަ ތަކެތި ގަތީ އޮންލައިންކޮށް ކަމަށް ކިމް ވަނީ ބުނެފައެވެ.

އިންގްލޭންޑްގެ އަވަށެއްގައި ދިރިއުޅެމުން އަންނަ އާއިލާއަކުން ގެންގުޅޭ މި ބުޅަލަށް ހާއްސަކޮއްގެން ހެދި މި ސްކޭޓްބޯޓުގެ ސަބަބުން ބުޅާ ވަރަށް ހިންހަމަޖެހިފައި އޮތް ކަމަށް އެއާއިލާއިން ބުނެއެވެ. ކިމްސް ވަނީ މީގެ ކުރިން ވެސް މިޑީ އަށް ހާއްސަ ކޮއްގެން ތަފާތު އެއްޗެހި ތަކެއް އުފައްދާފައެވެ.

ކިމްސް މީގެ ކުރިން އުފެއްދީ ބުޅާ ގެންގުޅޭ ފަރާތްތަކުން ބުޅަލާ ވާހަކަ ދައްކާ އަދި ޖަވާބު ލިބޭ ޑިވައިސްއެކެވެ. މި ޑިވައިސް އިން ބުޅާ ދޭ ޖަވާބު ތައް ބޭނުން އަޑަކުން އަޑު އެހުމެގެ ފުރުސަތު ފޯން އެޕްލިކޭޝަން ބޭނުން ކޮއްގެން ދެނެގަނެވެއެވެ.

Go to Source
Author: އަޝްވާގު ފައުޒީ