މިއީ ވަރަށް މަދުން ނޫނީ ނުފެންނަ ކަމެކެެވެ. ބޮލަށް ބޮޑު މޮހޮރެއް ވަދެފައި ހުރި މީހަކު ދިރިހުރީ ކީއްވެތޯ ސުވާލު އުފައްދާ މިހުންވެސް މަދެއް ނޫނެެވެ. ނަަމަވެސް މިއީ އެފަދަ މީހަކަށް ލިބުނު ނަސީބެއްގެ ވާހަކައެވެ. އޭނާއަކީ ބޮލުގައި މާބޮޑަށް ރިއްސާތީ ހޮސްޕިޓަލަށް ދިޔަ މީހެކެވެ.

ޗައިނާއަށް ނިސްބަތްވާ އެ މީހާ ބުނިގޮތުގައި، އެ މޮހޮރު އޭނާގެ ބޮލަށް ހެރުނު އިރެއް ހަނދާނެއް ނެތެވެ. 48 މިލިމީޓަރުގެ އެ މޮހޮރު އޭނާގެ ބޮލަށް ހެރިފައި ހުރިކަން އެނގުނީވެސް ބޮލަށް އަނިޔާއެއްވެފައި ހުރިތޯ ބެ ސަބަބު ބެލުމަށް ނެގި އެކްސްރޭއަކުންނެވެ.

ސިމެންތި ފެކްޓްރީއެއްގައި މަސައްކަތް ކުރަމުން އަންނަ 43 އަހަރުގެ ހޫ ނަމަކަށް ކިޔާ އެ ފިރިހެން މީހާގެ ބޮލުން މޮހޮރު ފެނުމުން އޭނާ ހުރީވެސް ހައިރާންވެފައެވެ. އޭނާ ބުނިގޮތުގައި، އޭނާގެ ބޮލުން މޮހޮރެއް ހެރެން ޖެހެނީ ކީއްވެ ކަމެއް ނޭގެއެވެ. އޭނާއަކީ އެ ސިމެންތި ފެކްޓްރީގައި ސެކިއުރިޓީއެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ މީހެކެވެ.

އަދި އޭނާ އެއްވެސް ވަރަކަށް މޮހޮރާއި ގުޅުންހުރި ކަންތައް ނުކުރާ ކަމަށްވެސް ބުންޏެވެ.

ޑޮކްޓަރުން މިހާރު ދަނީ އޭނާގެ ބޮލަށް އެ މޮހޮރު ހެރުނު ގޮތް ބަލަމުންނެވެ. އަދި ބޮލަށް ލިބުނު އަނިޔާތައް ދެނެގަނެ އޭނާއަށް ފަރުވާކުރަމުން އަންނަކަަމަށްވެސް ވެއެވެ.

Go to Source
Author: ރީޢާނު ރަޝީދު