އިންޑިއާގައި އަންހެނުންގެ ހައްގުގަ ވަކާލާތު ކުރާ އަންހެނުންތަކެއް އިސްވެ ފަށާފައިވާ (މީޓޫ) ކެމްޕެއިން އަކީ މީހުންގެ ސަމާލުކަން ހޯދަން ކުރަމުންދާ ކަމެއް ކަމަށް ކުރީގެ ބަތަލް އަސްރަނީ ބުނެފި އެވެ.

މީޓޫ ކެމްޕެއިންގައި ބައިވެރިވެ ގިނަ އާންމުންނާއި ބޮލީވުޑްގެ އެކި ދާއިރާތަކުގައި މަސައްކަތް ކުރާ އަންހެން ފަންނާނުން ދަނީ އެކި ދުވަސްވަރު ޖިންސީ ފުރައްސާރަ އާއި ކުރިމަތިވި ކަމަށް ބުނެ އެ ފިރިހެނުންގެ ނަން ހާމަ ކުރަމުންނެވެ. މި ކަންތައްގަނޑުގެ ތެރޭގައި ބޮލީވުޑްގެ މަޝްހޫރު ގިނަދުވަސްވީ ފިރިހެން ތަރިން ވަނީ ބެދިފަ އެވެ.

މި ކެމްޕެއިނާ ގުޅޭގޮތުން ނޫސްވެރިން ސުވާލު ކުރުމުން އަސްރަނީ ބުނެފައިވަނީ އެ ކެމްޕެއިންގައި ފިރިހެނުން ބަދުނާމުކޮށް ކޮންމެ އަންހެނަކު އެމީހުންގެ ބޮލުގައި ރޭޕްގެ ތުހުމަތު އަޅުވަމުންދާތީ ވަރަށް ފޫހިވެފައިވާ ކަމަށެވެ. އަދި އެފަދަ އަންހެނުން ދައްކާ ވާހަކަތަކާއި އެ ކެމްޕެއިން އެހާ ސީރިއަސްކޮށް ނުނެގުމަށް އޭނާ އެދުނެވެ.

އޭނާ ބުނީ އަންހެނުންނަށް އިހުތިރާމް ކުރާ ކަމަށެވެ. އެކަމަކު ކުއްލިއަކަށް ހުރިހާ ފިލްމީ އަންހެން ތަރިންހެން ޖިންސީ ފުރައްސާރައާއި ކޮންމެސް ދުވަސްވަރެއްގައި ކުރިމަތިލާން ޖެހިފައިވާކަމަށް ބުނެ ފިރިހެން ތަރިއެއްގެ ނަން ހާމަ ކުރަނީ އެ އަންހެން ފަންނާނުން ކުޅޭ ފިލްމުތައް ޕްރޮމޯޓު ކުރުމަށެވެ.

(މީޓޫ) ކެމްޕެއިން ފެށިފައިވަނީ ބޮލީވުޑްގެ ބައެއް ފިލްމުތަކުން ފެނިގެން ގޮސްފައިވާ ތަނުޝްރީ ދުއްތާ އަށް ނާނާ ޕަޓޭލް ޖިންސީ ފުރައްސާރަ ކުރިކަމަށް ބުނެ ސޯޝަލް މީޑިއާގައި އެކަން ހާމަ ކުރުމުންނެވެ. އެކަމަކު ނާނާ ޕަޓޭލް ވަނީ އެކަން ދޮގުކޮށްފައި އެވެ.

 

Go to Source
Author: ދުވަސް އެމްވީ