ކުރީގެ ބަތަލާ ކާޖޮލް ދޭވްގަން މިހާރުގެ ފިލްމީ ތަރިންގެ ތެރެއިން އެންމެ ފިލްމު ކުޅެން ބޭނުންވަނީ ވަރުން ދަވަން އާއި އެކު ކަމަށް ބުނެފި އެވެ.

ވަރުން އާއި އެކު ކާޖޮލް ވަނީ 2015 ވަނަ އަހަރު ރިލީޒް ކުރި “ދިވާލޭ” ގައި މަސައްކަތް ކޮށްފައި އެވެ. އޭގެ ފަހުން ފިލްމީ ދާއިރާ އާއި ދުރުގައި ހުރުމަށް ފަހު މިއަހަރު އޭނާގެ ފިލްމު “ހެލިކޮޕްޓާ އީލާ” އަންނަ ހުކުރު ދުވަހު ރިލީޒް ވާނެ އެވެ.

އޭ ފިލްމުގެ ޕްރޮމޯޝަނަލް އިވެންޓެއްގައި ވާހަކަދައްކަމުން ކާޖޮލް ބުނީ ޒުވާން ތަރިންގެ ތެރެއިން ހުރިހާ އެންމެންނާއި އެކުވެސް ފިލްމު ކުޅެވިދާނެ ކަމަށެވެ. އެކަމަށް ބޭނުންވަނީ ރަނގަޅު ވާހަކައެއް ކަމަށާއި އެކަމަކު އެންމެ ފިލްމު ކުޅެލާ ހިތްވަނީ ވަރުން އާއި އެކު ކަމަށެވެ.

ވަރުން އާއި އެކު “ދިވާލޭ” ގައި ކާޖޮލް މަސައްކަތް ކޮށްފައިވެ އެވެ. އޭނާ ބުނީ ވަރުން އަކީ ވަރަށް ހިތްހެޔޮ އެކުގައި މަސައްކަތް ކުރެވޭ މިޒާޖެއް ހުންނަ މީހެއް  ކަމަށެވެ.

ފިލްމު “ހެލިކޮޕްޓާ އީވާ” އަކީ ކާޖޮލްގެ ފިރިމީހާ އަޖޭ ދޭވްގަން ޕްރޮޑިއުސް ކުރާ ފިލްމެކެވެ. އަދި ކުރިޔަށް ކާޖޮލް ކުޅެން ހަމަޖެހިފައިވާ ފިލްމުގައި ފެނިގެންދާނީ އެ ދެމަފިރިން ކަމަށް ރިޕޯޓުތައް ބުނެ އެވެ.

Go to Source
Author: ދުވަސް އެމްވީ