ސޯޝަލް މީޑިއާގައި އެންމެ ހަރަކާތްތެރި ބޮލީވުޑްގެ އެއް އެކްޓްރެސް ސޯނަމް ކަޕޫރު ކަމަކާ ހިތްހަމަ ނުޖެހިގެން ޓުވިޓާ ބޭނުން ކުރުން ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.

އެކަމަކު އޭނާގެ އެކައުންޓު ޑީއެކްޓިވޭޓެއް ނުކުރެ އެވެ. އެންމެ ފަހުން ކުރި ޓުވީޓުގައި ބުނެފައިވަނީ ކުޑަ ދުވަސްކޮޅަކަށް ޓުވިޓާ އާއި ދުރަށް ޖެހިލާ ކަމަށެވެ. އަދި ޓުވިޓާގައި ވަރަށް ދެކޮޅު ވެރިކަން ބޮޑު ކަމަށް ބުނެފައިވެ އެވެ.

ސޯނަމް ހިތްހަމަ ނުޖެހެން ޖެހުނީ ކީއްވެ ކަމެއް ނޭނގެ އެވެ. އޭނާ ހިތްހަމަ ނުޖެހިފައި މިވަނީ އިންސްޓަގްރާމް ސްޓޯރީގައި ލިޔުނު އެއްޗަކާއި ގުޅިގެން މީހަކު ޓުވީޓާގައި ސޯނަމްވެސް އެކަމަށް ޒިންމާވާން ޖެހޭ ކަމަށް ބުނެފައި ވަނިކޮށެވެ.

ސޯނަމް އިންސްޓަގްރާމްގައި ބުނެފައިވަނީ މުމްބާއީ މަގުމަތީގެ ބާރު ބޮޑު ކަމުން ގެއަށް ދާން ދެގަޑި އިރު ނަގާ ކަމަށާއި، ދުއްވާ އެއްޗެހީގެ ދުމުން ވައި ނުސާފުވެފައިވާ ކަމަށެވެ. އެކަމާ ގުޅިގެން މީހަކު ޓުވީޓާގައި އޭގެ ސްކްރީން ޝޮޓެއް ޕޯސްޓުކޮށް ބުނެފައިވަނީ އެއީ ސޯނަމް މެން ފަދަ މީހުން ޕަބްލިކް ޓްރާންސްޕޯޓު ފަދަ ތަކެތި ދަތުރު ކުރުމަށް ބޭނުން ނުކޮށް ގޭގައި އޭސީ ހަރުކޮށްގެން އަގު ބޮޑު ކާރުގައި އުޅޭތީ ވާކަމެއް ކަމަށެވެ.

އޭގެ ރައްދުގައި ސޯނަމް ބުނެފައިވަނީ އަންހެނުންނަށް ޕަބްލިކް ޓްރާންސްޕޯޓު ބޭނުން ނުކުރެވެނީ އެމީހާ ކަހަލަ މީހުންގެ ފުރައްސާރަ އާއި ހެދި ކަމަށެވެ.

މިދިޔަ އަހަރުވެސް މިފަދަ ގޮތަކަށް ސޯނަމް ވަނީ ޓުވިޓާގައި ބަޔަކާއި ވާހަކަ ދައްކާފަ އެވެ. އަދި އެ ފަހަރު ސޯނަމް ވަނީ ވާ ކޮންމެ ކަމަކާއި މަޝްހޫރު މީހުންނާއި ނުގުޅުވުމަށް އޭނާގެ ސަޕޯޓަރުންގެ ކިބައިން އެދިފަ އެވެ.

Go to Source
Author: ދުވަސް އެމްވީ