ކުރީގެ އަދަދާއި ގުޅޭ


 ފުރަތަމަ ބައި | ދެވަނަ ބައި | ތިންވަނަ ބައި | ހަތަރުވަނަ ބައި | ފަސްވަނަ ބައި | ހަވަނަ ބައި | ހަތްވަނަ ބައި | އަށްވަނަ ބައި | ނުވަވަނަ ބައި | ދިހަވަނަ ބައި | އެގާރަވަނަ ބައި

ތާރާ………!!

ކުއްލިއަކަށް ފަހަތުން މީހެއް ގޮވާލުމުން ތާރާއަށް ފަހަތށް ބަލާލެވުނެވެ.

ދޮރުމަތީ ހުއްޓި ހުރިމީހާ ފެނުމުން ތާރާއަށް ވުރެ ކުރިން ގޮނޑިން ތެދުވެވުނީ ސަލާމްއަށެވެ.

އަތްފައި ފިނިވެ މޭ ފިތޭކަހަލަ އިހުސާސްއެއް އެވަގުތު ސަލާމްއަށް ކުރެވެމުން ދިޔައެވެ

ފުންމައިގެން ތާރާއަށް ދޮރާ ދިމާލައް ދުއްވައިގަނެވުނު އިރު ނިޔާޒްވެސް ވާނުވާ ނޭގި ބަލަން އޮވެވުނީއެވެ..

“ކޮންތާކުން ތިއައީ؟ އަހަރެން ކިތައް ފަހަރު ގުޅިން؟ ކީއްވެ .،ކީއްވެ؟ ކަރުނައާއި އެކު އެތައް ޝަކުވާއެއް ކުރަމުން ތާރާއަށް މާކިންގެ ފައިބުޑައް ތިރިވެވުނެވެ.

އަހަރެން މާކިންއަށް ހާދަ އިންތިޒާރު ކުރީމޭ!..،

އެކަމަކު އަހަންނަށް އިތުރަށް އިންތިޒާރު ކުރެވެންނެތީ އަހަންނަށް މަޖުބޫރުވީ..،އަހަންނަށް އޭރުވެސް އެނގޭ މާކިން އަދި އަންނާނެކަން،، އަހަންނަށް މާފުކުރޭ…،

މާކިންގެ ފައިގައި ހިފަހައްޓައިގެން ތާރާ ގިސްލަމުން ދިޔައިރު ކައިވެނި ކުރުވަން އައިސް ތިބި އެންމެންވެސް އެމީހުންނައް ބަލަހައްޓައިގެން ތިއްބެވެ.

ތާރާ! މިހާރު އާދޭ ..، ސަލާމް އަޑަށް ބާރުލަމުން އެހެން ގޮވާލީ ހަދާނެ ގޮތް ހުސްވެފަ ހުރެ އެވެ.

ސަލާމް އެހެން ބުނުމުން މާކިން ތާރާ ކޮޅަށްނެގިއެވެ. އަދި ލޮލުގައި ހުރި ކަރުނަ ތައް ފޮހެލަދިނީ ދެންނުރޯށޭ ބުނާ ކަހަލަ ގޮތަކަށެވެ.

އެއައްފަހު މާކިން ސަލާމްއާއި ދިމާއަށް ހިގައިގަތެވެ.

ސަލާމް އަތުގައި ހިފާލަމުން މޭޒްދޮށުގައި ތިބިމީހުންނާ ދިމާއަށް އެނބުރިލިއެވެ.

މިހިސާބުން ތާރާއާއި ސަލާމްގެ ކައިވެނި ނިމުނީ ދެން އެންމެންދޭ..، މާކިން އެހެން ބުނުމުން އެމީހުން އެމީހުންނަށް ކޮންމެސް ވާހަކައެއް ދައްކަމުން ގޭތެރެއިން ނިކުމެގެންދިޔައީ ވާނުވާނޭގި ތިބެއެވެ.

އެހުރިހާ އިރު އެއްވެސް އެއްޗެއް ބުނަންނޭގި މަންޒަރު ބަލަން ނިޔާޒްއަށް އޮވެވުނީއެވެ.

” ވަރައް ބޭނުންދޯ ތާރާ..! އެކަމަކު ބުނަން ގަދަކަމުން ލޯއްބެއް ނުހޯދޭނެ..، ތާރާއަކީ އަހަރެންގެ މީހެއް ދުވަހަކުވެސް އަހަރެންގެ ލޯބި އަހަންނާ ވަތްކެއްނުވާނެ..

ތާރާއާ ގުޅުން ހުރި ކޮންމެ އެއްޗަކަށް ކޮންމެ މީހަކަށްވެސް އަހަރެން ވަރައް ބެލިން.. އެކަމަކު ކަލޭ އަށް ނޭނގުނު ހާލުގަ ޖެހުނު ދުވަހު އަޅާލި މީހާވެސް ” އެމީހާ ހާލުގަ ޖެހުނު ދުވަހު ކަލޭބޭނުންވީ ކަލޭގެ އަމިއްލަ އެދުން އިސްކުރަން.، އަހަރެން ދުވަހަކުވެސް ނުދެކެން ކަލޭހާ އަމިއްލަ އެދުން ބޮޑު މީހެއް..، އެންމެ ފަހުން ކަލޭ ތި މަސަތްކަތް ކުރީ އަހަންނާ ތާރާ ދުރުކުރަން..،

މާކިން ވާހަކަ ދައްކަމުންދިޔައިރު ސަލާމް ހުރީ އިސް ޖެހިފައެވެ.

ތާރާ އަހަރެން ތާރާ ކައިރިއަށް ނައީކީ ނޫން އަހަރެން އަޔަ ނުދޭން ހުރިހާ ކަމެއް ކުރިމީހަކީ މިހިރަ ސަލާމް..،މާކިން އެހެން ބުނުމުން ތާރާ މާކިންއަށް ބަލާލިއެވެ.

އަހަރެން ކައިވެނީގެ ހުރިހާކަމެއް ކޮށް ނިންމާފަ އަންނަން އޮތް ދުވަހު ސަލާމްގެ ސަބަބުން އަހަންނަށް ނާދެވުނީ..،މާކިން އެހެން ބުނެ އެދުވަހު ހިނގާދިޔަ ހާދިސާ ކިޔައިދޭން ފެށިއެވެ.

ނާއިކް ބައްޕަ އެންމެ ފަހުން ހުޅުވި ހޮޓެލްގެ ތިރީބައިގައި ހުރި ރެސްޓޯރެންޓުން ނިކުމެގެން ސައިކަލްގައި މާކިންއާއި ނާއިކު މާލެ އައީ ހުޅުމާލެ ބޮޑު މަގުން ލާފައެވެ. ދެރަހުމަތް ތެރިން އެކި ވާހަކަ ތަކުގައި ތިބެ ދޭތެރެއަކުން ހީލައެވެ.

ބުރިޖާ ގުޅުވާލާފައިވާ މަގުން ކުރިއަށް ދިޔައިރު ކުއްލިއަކަށް ބާރު ސްޕީޑްގައި ފަހަތުން އައި ކާރުން މާކިންމެނަށް ސަލާމަތް ވެވުނީ ކިރިޔާއެވެ.

ކޮންޓްރޯލް ނުވެ ދިޔަ ކާރުގެ ޝިކާރައަކައްވީ މާކިންގެ ބޮޑުބޭބެގެ ދޮށީދަރިފުޅު ހޫދުއެވެ.

ސައިކަލް ފަހަތުގައި އިން ހޫދުގެ އެންމެ ގާތް އެކުވެރިޔާ އާހިލް ވިއްސައިގެން މާދުރައް ގޮސް ޖެހުނު އިރުވެސް ފުރާނަނެތެވެ.

މަގުމަތި ލެއިން ކޯރުހެދެމުން ދިޔައިރު މާކިން ހުރީ ހަދާނެގޮތް ހުސްވެފައެވެ، އެ ހަބަރު އެއްވެސް މީހަކަށް ދޭނެހާ ހިތްވަރެއްނުލިބުނެވެ.

ހޮސްޕިޓަލްއަށް ގެންދެވުމާއެކު ސިކުޑިއަށް ލިބިފައިވާ ގެއްލުމެއްގެ ސަބަބުން ހޫދު ވަގުތުން ބޭރައް ގެންދަން ޖެހުނު އިރު ހުދުގެ އެންމެ ގާތް އެކުވެރިޔާގެ ކަށިކަމާކެމީގެ ކަންތައް ތައް ކުރިއަށް ދިޔައެވެ. މުޅި ހޮސްޕިޓަލްގައިވަނީ އެއްވެފަ ތިބި މީހުންގެ ގިސްލުމުގެ އަޑެވެ.

ހާސްވެ ހަދާނެ ގޮތް ހުސްވެފައި ހުރި މާކިންއަށް އެވަގުތު އިތުރުކަމަކާ ވިސްނޭވަރެއް ނުވިއެވެ. ހޫދުގެ ސިކުނޑިއަށް ލިބިފައިވާ ގެއްލުމުން އެވަގުތުން އެވަގުތައް ރާއްޖެއިން ބޭރައް ގެންދަން ޖެހުމުން ބޮޑުބޭބެ އާއި އެކު މާކިން މެލޭސިއާއަށް ދިޔައީއެވެ.

އެކޮޅައް ދެވުމުންވެސް މާކިންއަށް ތާރާއަށް ގުޅާނެ ވަގުތެއް ނުވީ ހޫދު އައިސީޔޫގައި އޮތް އިރު ބޮޑުބޭބެގެ ހާލު މާބޮޑަށް ދެރަވުމުންނެވެ.

އިތުރު ފިރިހެން ކުއްޖެއް އެއާއިލާގައި ނެތުމުން ހުރިހާ ކަމަކާ ހަވާލް ވާން ޖެހުނީ މާކިންއެވެ.

މާކިންއަށް ކިރިޔާ ހަމައަކަށް އެޅި ތާރާގެ ފޯނަށް ގުޅޭވަރުވި އިރު ތާރާގެ ފޯން ވަނީ ނިވާލާފައެވެ.

ހަދާނެ ގޮތް ހުސްވެފައި ހުއްޓައި ނާއިކް ދިން ހަބަރުން މާކިންގެ ދުނިޔެ ފުޑުފުޑުވިކަހަލައެވެ.

އެކްސިޑެންޓް ހިނގި ވަގުތު ނާއިކް އެކާރުގެ ނަމްބަރު ބަލާ ކުރި މަސަތްކަތުން އެމީހުން ހޯދުނެވެ.

އަދި ސަލާމަތް ވެވޭނެ އިތުރު ގޮތެއް ނެތުމުން ސަލާމްގެ ޕުލޭން އެމީހުންނަށް ބުނަން މަޖުބޫރުވިއެވެ.

މިނެޓްއެއްވެސް ލަސްކުރުމެއް ނެތި ނާއިކް މާކިންއަށް ގުޅާ އެ ހަބަރު ދިނީ މާކިންއަށް ތާރާ ގެއްލެން ބޭނުންނުވާތީއެވެ.

މާކިންގެ ބައްޕަ އަށް ގުޅައިގެން އެކޮޅަށް ބައްޕަ ގެންގޮސް އެންމެ އަވަހައް އާދެވެން އޮތް ގޮތަކައް މާކިން ތާރާގެ ކައިރިއަށް އާދެވުން އިރު ސަލާމްއާއި ތާރާގެ ކައިވެނީގެ ރަސްމިއްޔާތު ކުރިއަށް ދަނީއެވެ.

**

މާކިން ވާހަކަ ނިމުމުން ތާރާއަށް ސަލާމްއާއި ދިމާލައް ބަލާލެވުނެވެ.

‘އަހަރެން ހިއެއްނުކުރަން ކަލޭ ތީ ތިހާ އަމިއްލަ އެދުން ބޮޑު މީހެއްކަމަކަށް ..، ކަލޭގެ ސަބަބުން ކުށެއްނެއް ފުރާނައެއް މިދުނިޔާ ވަކިވެ އެދިޔައީ .. ކަލޭގެ ސަބަބުން މާކިންއަށް ގޮތެއްވިނަމަ އަހަރެން އަތުން ކަލޭ މަރުވީސް ..، އަހަރެން ކަލޭ ދެކުނީ ބޭބެ އެއްގޮތައް އެކަމަކު ކަލޭ … އަހަރެން ބައްޕަގެ ރަނގަޅު ކަމުގެ ނާޖާއިޒް ފައިދާ ނަގަން ބޭނުންވީ.. ބުނީމެންނު މާލެ މީހުން އުޅޭ ގޮތް.. މާކިންއަކީ މާލެ މީހަކަސް ކަލޭ ހީކުރާ ކަހަލަ މީހެއްނޫން..، ކަލޭ އެހެން އުޅޭތީ ކަލެއަށް ހީވަނީ އެހެންމީހުންވެސް އުޅޭނީ އެހެންނޭ..، ތާރާ ސަލާމް އާއި ދިމާލައް އެހެންބުނެ މާކިންގެ އަތުގައި ހިފާލައިގެން ނިޔާޒްއޮތް އެދާ ދިމާލައް ހިނގައިގަތެވެ.

އޭރުވެސް ނިޔާޒް ބަލަން އޮތީއެވެ.

ބައްޕާ!! އަހަރެންނައް މާފްކުރޭ..، އަހަރެންނައް ދޮގު ހަދަން މަޖުބޫރުވީ.. އަހަރެން ބައްޕަ އަށް އެއްވެސް ދެރައެއް ގެއްލުމެއް ވާކަށް ބޭނުމެއްނޫން.. ބައްޕަ އެއްވެސް ކަމަކާ ވިސްނާކަށްވެސް އަހަރެން ބޭނުމެއްނޫން..، އަހަންނަށް އެނގޭ އަހަރެން އެދުވަހު އެހެން ކަންތައް ނުކުރިނަމަ ބައްޕަ ވިސްނާނެ ވަރު.،،، ބައްޕާ އަހަރެން ލޯބިވަނީ ހަމައެކަނި މާކިންދެކެ …، ތާރާ ކުށްވެރިޔެއްފަދައިން އިސް ޖަހާލަމުން ބުނެލިއެވެ.

ދަރިފުޅާ އެއްވެސް ވާހަކައެއް ދެން ނުދައްކާ ..، ބައްޕަ އަށް ހުރިހާ ކަމެއްވެސް އެނގިއްޖެ ..،

ބައްޕަ އަށް އޭރުވެސް އެނގޭ ދަރިފުޅު ބޭނުންވެގެން ކުރާ ކައިވެންޏޭއް ނޫންކަން އެއީ.. ބައްޕައަށް ބައްޕަގެ ދަރިފުޅު އޮޅޭނެތަ ..، އެދުވަހުވެސް ތި ދެލޮލުން ބައްޕައަށް ހުރިހާ އެއްޗެއް ބުނެދިން ..، އެކައިވެނި ކުރެވެން އުޅުންއިރު ބައްޕައަށް އެއްވެސް ހަމަޖެހުމެއް ނުލިބުން..، އެކަމަކު މިއަދު ބައްޕަގެ ހުރިހާ ހިތާމައެއް ފިލާ ގޮސްފި.، ބައްޕަ ބޭނުންވާކަހަލަ ދަރިފުޅާ ގުޅޭ ހިތްހެޔޮ ރަނގަޅު ކުއްޖެއް ދަރިފުޅައް ލިބިފަ ތިހިރީ..، ބައްޕަ ބޭނުންވަނީ ތިދެކުދިން އަވަހަށް ކައިވެނިކުރަން.،

މާކިންއާއި ދިމާލައް ބަލައިލަމުން ނިޔާޒް ބުނެލިއެވެ.

ސަލާމް!!

ނިޔާޒް ސަލާމްއަށް ގޮވާލުމާއެކީ އެދިމާލައް ސަލާމް ހިނގައިގަތެވެ.

އަހަންނަށް މާފުކުރޭ ނިޔާޒް..، އަހަންނަށް އެގޮތައް ކަންތައް ކުރެވުނީ ތާރާ ބޭނުންވީމަ..، ސަލާމް އެހެން ބުނެލި އިރި ސަލާމްއަށް އިސްޖެހުން ނޫން ކަމެއް ނުކުރެވުނެވެ. ނިޔާޒްގެ ކުރިމަތީ މިއަދު އޭނަ ލަދުގަނެއްޖެއެވެ.

ސަލާމް އަށް މާފުކުރާނީ އަހަރެން ނެއް ނޫން … މިހާރު އަހަރެންވެސް ބޭނުންވަނީ ސަލާމް ބޭނުންވި ގޮތަށް ދިރިއުޅުމެއް ފަށަން ސަލާމް ދެން ދާން..، އަހަންނަށް ސަލާމް ކޮއްދިން ކަންތައް ތައް އަހަރެން ހަދާންނައްތައެއް ނުލަން …،އެކަމަކު އަހަރެން ސަލާމް އަށް ކޮއްދިން ކަންތައްތައް ސަލާމް ހަދާން ހުރިހެން ހިއެއްނުވޭ…، އަހަރެން އެކަނި ހާލަށް ނުއުލެވުނަސް އަޅާލާނެ މީހެއްނެތި މިހެން އޮންނަން ޖެހުނަސް އަހަރެންނައް އަހަރެން ދަރިންގެ އުފަލަށް ވުރެ އެއްވެސް ކަމެއް މުހިންމެއް ނުވާނެ..، އަހަރެން ދޫކޮއްލާފަ ސަލާމް ދިޔަނަމަވެސް އަހަރެން ތި ކައިވެންޏައް މަޖުބޫރެއް ނުކުރީމުސް އަހަރެން އެކަމާ އެއްބަސްވީ ތާރާ އާދޭސް ކުރުމުން…..،

ދެން އެންމެ ރަގަޅު ސަލާމް ދިޔަޔަސް …. ނިޔާޒް އެހެންބުނެ އަނެއް ފަރާތައް މޫނު އަބުރާލީ ސަލާމްއާ އިތުރައް ވާހަކަ ދައްކަން ބޭނުން ނުވާތީއެވެ.

ސަލާމް އިތުރައް އެއްޗެއް ބުނާނެ ހިތްވަރު ނެތުމުން އެތަނުން ދާން ހިނގައިގަތެވެ.

މަޑުކުރޭ!! ކަލޭ ބޭނުންވަނީ ތާރާ ބައްޕަ ނަގާފަ ހުރި ލާރިއެއްނު މިހިރީ ކަލޭ ބޭނުންވި ވަރަށް ލާރި ހިފައިން ދޭ…، ދެވަނަ ފަހަރަށް ކަލޭގެ އުދަގުލެއް އަހަރެންގެ ދިރިއުޅުމައް ފޯރާކަށް އަހަރެން ބޭނުމެއްނޫން..، ކަލޭ ކުރި ކުށުގެ އަދަބު ކަލެއަށް ލިބެންޖެހޭނެ …، އެކަމަކު އަހަރެން ތާރާގެ ބައްޕައަށްޓާކާ ކަލޭ ތިވެދިން އެހީއަށްޓަކާ އަހަރެން ކަލޭ މި ދޫކޮށްލަނީ ..، އެހެންނޫންނަމަ މުޅި އުމުރު ކަލޭ އޮންނަންޖެހޭނީ ޖަލުގަ ،….. މާކިން އަތުގަ ހުރި ރުފިޔާ އަޅާފައިވާ ދަބަސް ސަލާމްއަށް ދިއްކޮއްލަމުން ބުނެލިއެވެ.

އަހަރެން އެއްވެސް ރުފިޔާ އެއް ބޭނުމެއްނޫން ..، އަހަރެން އަތުން ނިޔާޒްއަށް ކުރި ހަރަދައްވުރެ ނިޔާޒް އަހަންނަށް ކުރި ހަރަދު ގިނަ ..، އަހަރެން އެހެން ބުނީ ތާރާއަށް އަހަރެންނާ އިންނަން މަޖުބޫރު ކުރަން…،

އަހަރެން އަމިއްލަ އެދުން ބޮޑުކަމުން އަހަންނަށް މިހެން މިވީ.. އަހަރެން ފަރާތުން ދެން އެއްވެސް އުދަގުލެއް ތި އާއިލާ އަކަށް ނުފޯރާނެ..، މާފު ކޮށްދެވެން އޮތްނަމަ އަހަންނަށް މާފު ކޮށްދޭނެ ކަމަށް އަހަރެން ހީކުރަން … ތާރާ ލިބޭނީ ވަރައް ނަސީބުވެރި މީހަކައް..، އަހަރެން ހަޔާތުގައިވެސް އެހާ ކެއްތެރި އެހާ އަހުލާގުރަގަޅު އަންހެން ކުއްޖެއް ނުދެކެން ..،ދުވަހަކުވެސް ތާރާއަށް ދެރައެއް ލިބުމަކައް އަހަރެން ނޭދެން ..، ސަލާމް އެހެން ބުނެ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.

ކުޑަ އިރުކޮޅަކުން ކޮނޑުގައި ދަބަހެއް އަޅުވައިގެން ސަލާން ގޭދޮރުން ނިކުންނައް ހިނގައިގަތެވެ.

**

އެނދުގައި އޮށޯވެލައިގެން އޮތް ތަމަންއަށް ތާރާގެ ހަބަރެއް ނުވާތާ ފަސްދުވަސް ފާއިތުވިއިރު އެއްވެސް ކަމެއް ކުރާހިތް ނުވެ ނެގި މަޑުވެފައި ހުރެވެނީއެވެ. ހިތް ބުނަމުން ދިޔައީ ކޮންމެސް ބޮޑުކަމެއް ތާރާއަށް ވެއްޖެއެވެ.

އެކަމަކު ގުޅާނީވެސް ކާކަށް ހެއްޔެވެ. ހަބަރެއް ބަލާނީވެސް ކިހިނެއް ހެއްޔެވެ.

އަނެއްކާ ބައްޕައަށް ކަމެއްވީބާއެވެ.

ފުންމައިގެން ތެދުވެ ކޮޓަރިތެރޭ ދެކޮޅަށް ހިނގެން ފެށުނީ ހިތަށް ވަންނަމުން ދިޔަ ވަސްވާސްތަކުންނެވެ.

ނޫން ބައްޕައަށް ދޮންތައަށްވެސް އެއްވެސް ގޮތެއް ނުވާނެ..، ދޮންތާ !! ޕްލީޒް އަހަންނަށް ހަބަރެއްވެބަލަ…، އަހަންނަށް ދޮންތައާ ބައްޕަގެ ހަބަރެއް ނުވަންޏާ އުޅޭނީ ކިހިނެއްތަ؟

އަހަރެންގެ ދޮންތަ އަށް ކޮންމެސް ގޮތެއްވެއްޖެ …، އަހަންނަށް ހަމަ ޔަގީން..، ކުއްލިއަކަށް ވައިބާއިން މެސެޖްއެއް އައި އަޑައް ތަމަންއަށް އެނދާ ދިމާލައް ދުއްވައިގަނެވުނެވެ.

މެސެޖް ހުޅުވާލުމާއެކު ތަމަންގެ ހުރިހާ ހިތާމަތައް ފިލާ ދިޔަ ކަހަލައެވެ.. މާކިންއާއި އެކު ތާރާ ނަގާފައިވާ ފޮޓޯއަށް ބަލަން ހުރި އިރު ތަމަންގެ ލޮލުން އުފާވެރި ކަމުގެ ކަރުނަ އާދެއެވެ. ދުވަހަކުވެސް ދޮންތައަށް ދެރަ ގޮތެއް ނުވުމައްއެދި ދުއާކުރެވުނީ ކިތައް ފަހަރު ކަމެއްވެސް ތަމަންއަށް ނޭގެއެވެ.

ނުނިމޭ

Go to Source
Author: މަރީ