ޕްރިޔަންކާ ޗޯޕްރާ އާއި ނިކް ޖޯނަސްގެ ކައިވެނި އަންނަ މަހު ފަހު ކޮޅު ކުރުމަށް ހަމަޖެހިފައިވާކަން މިހާރު ވަނީ އާންމުވެފައި އެވެ.
އާންމުކޮށް މަޝްހޫރު މީހުން ކައިވެހި ހަފްލާ ބާއްވާތަން އެނގުމަކީ އާންމުންގެ މެދުގައި ވަރަށް ޝައުގުވެރިވާ ކަމެވެ. އެންމެންވެސް ހީކުރީ މި ދެ ތަރިންގެ ކައިވެނި ހަފްލާ އޮންނާނީ އިންޑިއާ ނޫން އެހެން ކޮންމެސް ގައުމެއްގައި ކަމަށެވެ.
ރިޕޯޓުތައް ބުނާގޮތުގައި ނިކް އާއި ޕްރިޔަންކާ ކައިވެނި ކުރުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ރާޖަސްތާންގެ މެހްރަންގާހް ފޯޓް އެވެ. ހަފްލާއަށް މިހާރު އެތަން ވަނީ ބުކް ކޮށްފައި އެވެ. މީގެ ކުރިން އެތަނަކީ ފިލްމު ޝޫޓިންތައް ބާއްވާ ތަނެކެވެ. މިއީ ކައިވެނި ހަފްލާއެއް އެތަނުގައި ބާއްވާ ފުރަތަމަ ފަހަރެވެ.
ކައިވެނީގެ ކުރިން ދެ ތަރިން ދަނީ އިންޑިއާގެ މަޝްހޫރު ތަންތަން ބަލާލުމަށް ދަތުރު ކުރަމުންނެވެ. އެ ދަތުރުގެ ތެރެއިން ކައިވެނި ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވާ ތަނަށް ގޮސްފައިވެ އެވެ.
މި ދެ ތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ހާމަވީ މިއަހަރުގެ މާޗް މަހު އެވެ. ދެމީހުންގެ އެންގޭޖްމެންޓު ހަފްލާ ވަރަށް އިންޑިއަން ގޮތަކަށް ކުރިޔަށް ގެންދިޔައީ ޕްރިޔަންކާގެ ގޭގައި އެވެ. ބެލެވޭ ގޮތުގައި ޕްރިޔާންކާ އާއި ނިކް ގެކައިވެނި ހަފްލާ ބާއްވާނީ އިންޑިއާގެ ސަގާފަތާއި ގުޅުވައިގެންނެވެ.
Go to Source
Author: ދުވަސް އެމްވީ