ސަލްމާން ހާންގެ ކޮއްކޮ އަރްޕިތާގެ ފިރިމީހާ އަޔޫޝް ޝަރްމާ ބޮލީވުޑަށް ތައާރަފުވާ ފިލްމު “ލަވްޔާތްރީ” ރިލީޒް ކުރީ އިއްޔެ އެވެ.

އަޔޫޝް ބޮލީވުޑަށް ތައާރަފު ކުރަން ސަލްމާން ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައި އެވެ. އެގޮތުން އެ ފިލްމު އުފެއްދީ ސަލްމާންގެ ފިލްމު ކުންފުނިން ނެވެ. ތަފާތު ވާހަކައެއް ހޯދި އެވެ. އަޔޫޝް އާއި އެކު ލީޑްރޯލު ކުޅޭނެ ރަނގަޅު އަންހެން ކުއްޖަކު ހޯދަން ސަލްމާން ވަރަށް ބުރަ މަސައްކަތް ކުރި އެވެ.

އެންމެ ފުރަތަމަ ލީޑް ރޯލް ކުޅެން ހަަޖެއްސީ ކެޓްރީނާ ކެއިފްގެ ކޮއްކޮ އިޒަބެއްލާ ކެއިފް އެވެ. އޭނާއަށް ސަލްމާން ބޭނުންވާ ފެންވަރަށް ހިންދީ ބަސް ނޭނގޭ ކަމަށް ބުނެ ބާކީ ކުރީ އަޔޫޝް ބޮލީވުޑަށް ތައާރަފުވާ ފިލްމަކި ކާޔާޞު އެއްވެސް މައްސަލައެއް ފާހަގަ ނުވާނެ ފިލްމަކަށް ހެދުމަށެވެ.

އެކަމަކު ފިލްމު ރިލީޒް ކުރި ފުރަތަމަ ދުވަހަށް ބަލާއިރު އެދެވޭ ކާމިޔާބެއް ފިލްމަކަށް ނުލިބުނެވެ. އިއްޔެ ފިލްމު ރިލީޒް ކުރި އިރު ފިލްމަށް އެކަށީގެންވާ ތަރުހީބު ނުލިބުމަކީ ސަލްމާންއަށް މާޔޫސްކަމެއް ލިބިދާނެކަމެއް ކަމަށް ބައެއް ރިޕޯޓުތައް ބުނެ އެވެ.

އިއްޔެ ހެނދުނު ފިލްމު ރިލީޒް ކުރި އިރު ސިނަމާތައް ފުރިފައިވަނީ ގާތްގަނޑަކަށް 10 ޕަސެންޓު ކަމަށްވެ އެވެ. އަދި ހަވީރު އެ ފިލްމު ބަލަން ވަދެފައިވަނީ 10 ޕަސެންޓާއި 15 ޕަސެންޓާއި ދެމެދުގެ އަދަދަކަށް މީހުން ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އެކަމަކު މި ފިލްމު ބެލި ނޫސްވެރިން ބުނެފައިވަނީ ފިލްމަކީ ރަނގަޅު ފިލްމެއް ކަމަށާއި އަޔޫޝްގެ އެކްޓިންވެސް މޮޅު ކަމަށެވެ. އަދި ގިނަ ނޫސްތަކުގައި ފިލްމަށް ދީފައިވަނީ ފަހަކުން ހަތަރެކެވެ.

އެހެންވެ ގަބޫލު ކުރެވޭގޮތުގައި ފެށުން ގޯސްވިޔަސް ކުރިޔަށް އޮތްތާ ފިލްމަށް ބޮޑު އާމްދަނީއެއް ލިބުމަކީ އެކަށީގެންވާ ކަމެކެވެ. މި ފިލްމުގައި އަޔޫޝް އާއި އެކު ލީޑްރޯލުން ފެނިގެންދަނީ ވަރީނާ ހުސައިން އެވެ.

Go to Source
Author: ދުވަސް އެމްވީ