ބޮލީވުޑްގެ ބަތަލް ސައިފް އަލީ ހާން އެނާގެ ދެވަނަ ފިލްމު ކުންފުނި އުފެއްދިކަން އިއުލާނު ކޮށްފި އެވެ.

އެ އުފާވެރި ހަބަރަށް ފަހު ބުނީ އެ ކުންފުނިން ހަދާ ފުރަތަމަ ފިލްމުގެ މަސައްކަތް ޑައިރެކްޓަރު ނިތިން ކައްކަރް އާއި އެކު ކުރުމަށް ނިންމާފައިވާ ކަމަށެވެ. ފުރަތަމަ ފިލްމުގެ ނަމަކަށް ދީފައިވަނީ “”ޖަވާނި ޖާނެމަން” އެވެ.

އެ ފިލްމަކީ 40 އަހަރުގެ ބައްޕައަކާއި އޭނާގެ ޒުވާން އަންހެން ދަރިފުޅުގެ ވާހަކަ ކިޔައިދޭ އާއިލީ ކޮމެޑީ ފިލްމެކެވެ. މި ފިލްމުގައި ބައްޕަގެ ރޯލުން ފެނިގެންދާނީ ސައިފް ކަމަށް އޭނާ ބުނެފައިވާއިރު ދަރިފުޅުގެ ރޯލުން ފެނިގެންދާ އަންހެން ކުއްޖާގެ ނަމެއް ހާމައެއް ނުކުރެ އެވެ.

އެކަމަކު ރިޕޯޓުތައް ބުނާގޮތުގައި އެ ފިލްމުގައި ސައިފްގެ ދަރިފުޅުގެ ރޯލުން ފެނުން އެންމެ ގާތީ އޭނާގެ ދަރިފުޅު ސާރާ އަލީ ހާން އެވެ. ސާރާ ބޮލީވުޑަށް ތައާރަފުވާނީ އަންނަ ޑިސެމްބަރު 28 ވަނަ ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ “ސިމްބާ” އިންނެވެ.

ސައިފް މިފަހަރުއ ުފެއްދި ފިލްމު ކުންފުްޏަކީ އޭނާގެ އަމިއްލަ ކުންފުންޏެކެވެ. އެ ކުންފުނީގެ ނަމަކީ ބްލެކް ނައިޓް ފިލްމްސް އެވެ.

Go to Source
Author: ދުވަސް އެމްވީ