ގިނަ ދިވެހިންގެ މަޤްބޫލުކަން ލިބިފައިވާ މެޓްރޯ ފިޓްނެސް ކުލަބް އިން 2017 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ފުޓްސެލް މުބާރާތް މިއަހަރުވެސް ބާއްވާ ގޮތަށް ނިންމައިފިއެވެ.

މެޓްރޯ ފިޓްނެސް ކުލަބްއިން “ރާއްޖެ ފީޑް” އަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުވެސް މިމުބާރާތް ބާއްވަން ނިންމާފައިވާ ކަމަށާއި އަދި މިފަހަރުގެ މުބާރާތުގައި ކުރީ އަހަރުތަކެކޭ އެއްފަދައިން ބޮޑު އިނާމެއް މޮޅުވާ ތިން ޓީމް އަކަށް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

” ޗެންޕިއަން ޓީމްއަށް މިފަހަރު މިއޮތީ 7،500 ގެ ނަޤުދު ފައިސާގެ އިނާމެއް. ދެވަނަ ޓީމްއަށް 5،000 ރުފިޔާ ” މެޓްރޯ ޖިމް އިން ރާއްޖެ ފީޑް އާއި ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވިއެވެ.

މެޓްރޯ ޖިމްއިން އިތުރަށް ބުނެފައިވަނީ މުބާރާތުން އެއްވަނަ ދެވަނަ އަދި ތިން ވަނަ އަށް ހޮވޭ ފަރާތްތަކަށް ޚާއްސަ ޕުރަމޯޝަންއެއް ކުރިޔަށް ގެންދިއުމަށް ހަމަޖެހިވާ ކަމަށާއި މިޕުރަމޯޝަންގެ ދަށުން އެއްވަނަ ދެވަނަ އަދި ތިން ވަނައަށް ދާ ފަރާތްތަކަށް މެޓްރޯ ޖިމް މެންބަރަކަށް ވުމުން ދައްކަވަން ޖެހޭ ރުފިޔާގެ 50 އިންސައްތަ މެޓްރޯ ޖިމް އިން ދައްކާނެ ކަމަށެވެ.

” ޚާއްސަ އޮފަރ އެއް އޮންނާނެ މޮޅުވާ ތިން ޓީމްއަކަށް، މިގޮތުން އެއްވަނައަށް ހޮވޭ ޓީމްއަކަށް ހަ މަސް ދުވަހަށް މެޓްރޯ ޖިމް މެންބަރޝިޕުން މިދެނީ 50 އިންސައިގެ ޑިސްކައުންޓްއެއް. ދެވަނައަށް ހޮވޭ ޓީމްއަކަށް ތިން މަސް ދުވަހު އަދި ތިން ވަނައަށް ހޮވޭ ޓީމްއަކަށް އެއްމަސް ދުވަހު ގެ އޮފާރ އެއް މިދެނީ ” މެޓްރޯ ޖިމްގެ އޮފިޝަލަކު ވިދާޅުވެއެވެ.

ޖުމްލަ 16 ޓީމްއަކުން ވާދަކުރާ މި މުބާރާތް އޮންނާނީ މިމަހު 28 އަދި 29 ގައި ޓާފް ގުރައުންޑްގައެވެ. މިމުބާރާތުގައި ރާއްޖޭގެ މަޝްހޫރު ކުލަބްތައް ކުޅޭނެއެވެ. މިގޮތުން 2017 އަދި 2018 ވަނަ އަހަރުގެ ނޭމާ ޖޫނިޔާގެ ޗެންޕިއަން ކުލަބް ޓީން އޭޖާރސް ފެނިގެން ދާނެއެވެ. އަދި ރާއްޖޭގެ ކުލަބްތަކުން ނަން ހިނގާ ކުޅުން ތެރިންވެސް މިމުބާރާތުގައި ބައިވެރިވާނެއެވެ.

މި މުބާރާތުގެ ސްޕޮންސަރުންނަކީ ޓްރިޕްވެރިން، ޑީނާޝް އެންޑް ކޯ، ހާވާޑް ފުޑް މޯލްޑިވްސް، ކެރެލީ ކައުންޓަރ، ބޯޅަ.އެމްވީ، ސޮނީ ސްޕޯޓްސް، މޯލްޑިވްސް ރެޑް ކުރެސެންޓް އަދި ވީ މީޑިޔާއެވެ.