ރޭގެ މެޗުން ބޮޑު ފަރަޤަކުން ބާސެލޯނާ ދަށްވެ، ޗެންޕިއަންސް ލީގުން ކެޓިކަމުގައި ވީނަމަވެސް، ރޭގެ މެޗްގައި މެސީ ރެކޯޑްއެއް ޤާއިމްކޮށްފިއެވެ.
މެސީ ހޯދާފައިވަނީ އެއް ކުޅުންތެރިއަކާއެކު ޗެންޕިއަންސް ލީގްގެ 100 މެޗް ކުޅެފައިވާ މީހާގެ މަޤާމެވެ. މެސީ މިރިކޯޑް ހަދާފައިވަނީ ބާސާގެ ކުޅުންތެރިއެއް ކަމަށްވާ އެންޑްރެސްއާއި އެކުގައެވެ. މީގެ ކުރިން މިރިކޯޑް އޮތީވެސް ބާސާގެ ދެ ކުޅުންތެރިންގެ އަތުގައެވެ. އެއީ ޗާލެސް އާއި ޒަވީއެވެ.
2️⃣ legends
💯 @ChampionsLeague games together!
👏 Leo #Messi + @andresiniesta8 pic.twitter.com/lUlDa6XDIJ— FC Barcelona (@FCBarcelona) April 10, 2018
ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލްގެ ދެވަނަ ލެގުގައި މިރޭ ރޯމާ އަތުން 0-3 އިން ބަލިވެ ބާސެލޯނާ މުބާރާތުންވަނީ ކަޓާފައެވެ.