ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލްގެ ދެވަނަ ލެގުގައި މިރޭ ރޯމާ އަތުން 0-3 އިން ބަލިވެ ބާސެލޯނާ މުބާރާތުން ކަޓައިފިއެވެ.

ރޯމާ މުބާރާތުގެ ސެމީ އަށް ކޮލިފައިވީ ދެ ލެގުގެ އެގްރިގޭޓު 4-4 އިން އެއްވަރުވެ އަވޭ ގޯލުން ކުރި ހޯދައިގެންނެވެ. މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގު 1-4 އިން ކާމިޔާބުކުރީ ބާސާ އިންނެވެ.

ރޯމާގެ ފަރާތުން މިރޭގެ މެޗުގައި މޮޅު ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ ހަވަނަ މިނެޓްގައި އެޑިން ޒެކޯ ވަނީ އެޓީމަށް ލީޑު ނަގާދީފައެވެ. މި ގޯލަށްފަހު ވެސް ރޯމާ އިން ދިޔައީ ބާސާގެ ގޯލަށް ކައިރިކައިރީ ނުރައްކާ ކުރަމުންނެވެ.