ރޯދަމަސް ބޯމަތީގައި އޮތްއިރު، ކޮންމެ މަހެއްގެ ރޯދަ މަސްފަދައިން ޓީވީތަކުން މުނިފޫލި ފިލުވުމުގެ ގިނަ ޕޮރޮގްރާމުތަކެއް ކުރިޔައް ގެންދާނެކަން ޔަގީނެވެ.

މިގޮތުން މިއަހަރުވެސް ރޭގަނޑުގެ އަޅުކަމަށްފަހު މުނިފޫހި ފިލުވައިދިނުމަށް ޓީވީ ޗެނަލްތަކުންވެސް އޮފީސްތަކުގެ ޑްރާމާތަކާއި ސިލްސިލާ އެހެން ޑްރާމާތައްވެސް ފެންނާނެކަން ޔަގީނެވެ. އެކަމަށް ކުރަންވީ ތައްޔާރީތަށް ބާރަށް ކުރިޔަށް އެބަދެއެވެ. އެހެންނަމަވެސް މިފަހަރުވެސް އެންމެން އެ ޑުރާމާއަކީ ޔޫސޭގެ ދިރިއުޅުމަކީ މިއީބާ ކަން ޔަގީނެވެ. “ދިރިއުޅުމަކީ މިއީބާ” އަށް ވުރެ ބޮޑު ފޭން ބޭސް އެއް ހޯދުނު ޕްރޮގްރާމެއް ނެތެވެ. މުނިފޫހި ފިލުވައިދޭން އެންމެ މޮޅީ ހަމަ ޔޫސުފް ރަފީއު (ޔޫސޭ) އެވެ. އެހެންޔާ ދިރިއުޅުމަކީ މިއީބާ ބަލަން ޓީވީ ދޮށައް އެއްވާ މީހުންގެ އަދަދުންވެސް މިކަން ޝައްކަކާ ނުލައި ކަށަވަރު ކުރެވެއެވެ.

މެދުކެނޑުމެއްނެތި ދިރިއުޅުމަކީ މިއީބާގެ ސިލްސިލާ ގެނެސްދޭތާ 38 ވަނަ އަހަރުވެފައިވާއިރު، ޓީވީއެމް އިން އެކަނިވެސް 29 އަހަރު އެ ޕްރޮގްރާމް ގެނެސްދިނެވެ. އޭގެ ފަހުން ސަންގު ޓީވީ އަދި ޗެނަލް 13 އިންވެސް ދިރިއުޅުމަކީ މިއީބާގެ އާ އެޕިސޯޑުތަކެއް ގެނެސްދިނެވެ. މިދިޔަ އަހަރު އެސިލްސިލާ ގެނެސްދީފައިވަނީ ސަން ޓީވީ އަދި ރާއްޖެ ޓީވީ އިންނެވެ.

މިއަހަރު ދިރިއުޅުމަކީ މިއީބާ ގެނެސްދެން ހަމަޖެހިފައިވަނީ މިދިޔަ އަހަރުވެސް އެސީރީޒް ގެނެސްދިން ސަން ޓީވީއިންނެވެ. މި އަހަރުގެ ރަމަޟާން މަހު ދިރިއުޅުމަކީ މިއީބާގެ އާ ހަތަރު އެޕިސޯޑު ގެނެސްދޭނެއެވެ. މީގެ އިތުރުން ދިރިއުޅުމަކީ މިއީބާގެ ކުރީގެ ޕްރޮގްރާމްތައް ވެސް ގެނެސްދޭނެ އެވެ.

ސަންޓީވީން “ދިރިއުޅުމަކީ މިއީބާ” ދެއްކުމުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން — ސަން ފޮޓޯ: މުއާވިޔަތު އަންވަރު

1981 ގައި ފެށި މިސިލްސިލާއަށް ބުރޭކެއް އައިސްފައެއް ނެތެވެ. އަދި މި ސިލްސިލާއަށް އިންތިޒާރު ކުރާ މީހުންގެ އަދަދެއްވެސް ވަކި މަދުވެފައެއް ނެތެވެވ.