ޓެކްނޮލޮޖީގެ ޒަމާން މިއަދު މިވަނީ ދުނިޔޭގެގިނަ ކަންތައް ތަކެއް ބަދަލުކޮށްލާފައެވެ. މިގޮތުން ގަނެ ވިއްކުމުގެ ވިޔަފާރިއަށް މިއަދު މިވަނީ ބޮޑު އިންޤިލާބީ ބަދަލެއް އައިސްފައެވެ.
މިއަދު ރާއްޖޭގައި ހަލުވިކަމާއެކު އޮންލައިން ޝޮޕިންގެ ޚިދުމަތް ފުޅާވަމުންދާއިރު، މިކަމުގައި އެކެއް އަނެކަކަށްވުރެ ވިޔަފާރީގައި މިދަނީ ކުރިއަރަމުންނެވެ. މިގޮތުން ޒެނިކް ޝޮޕިންސްއަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ބައެއްގެ ތެރޭގައި މަޤްބޫލުކަން ހޯދި އޮންލައިން ޕުލެޓްފޯމެކެވެ.
އެހެން އޮންލައިން ޝޮޕްތަކާ ޚިލާފަށް ޒެނިކް ޝޮޕިންސްގެ ޑިޒައިންތަކާއި ގެންނަ ތަކެތީގެ ކޮލެޓީއަކީ ވަރަށްވެސް އެހެން އޮންލައިން ޝޮޕްތަކާއި ވަރަށްތަފާތެވެ. ކަސްޓަމަރުންނާމެދު ގާތް ގުޅުމެއް ބާއްވަމުން އަންނަ ޒެނިކް ޝޮޕިންއަކީ ހަމައެކަނި މުދާ ފޯރުކޮށްދިނުމުން އެމީހުންގެ ވާޖިބު ނިންމާލެވުނު ކަމަށް ޤަބޫލު ކުރާ ބައެއް ނޫނެވެ. މިއާ ޚިލާފަށް ޒެނިކް ޝޮޕިންސްއަކީ އެމީހުންގެ ކަސްޓަމަރުންނަށް ތަކެތި ލިބުމަށްފަހުވެސް ގުޅާ އެކަން ޔަގީންކޮށް ކަސްޓަމަރުންގެ މެދުގައި ގާތް ގުޅުމެއް އަބަދުވެސް ބާއްވަމުން އަންނަ ޓީމެކެވެ.
ޒެނިކް ޝޮޕިންސްއިން “ރާއްޖެ ފީޑް” އާއި ވާހަކަ ދައްކަމުން ބުނެފައިވަނީ އެމީހުންގެ މަޤްސަދަކީ ހަމައެކަނި ކަސްޓަމަރުންނަށް ކަމުދާ ކޮލެޓީގެ މުދާ ފޯރުކޮށްދިނުން އެކަނި ނޫންކަމަށާއި ކަސްޓަމަރުންނާއި ގާތް ގުޅުމެއް ބާއްވާ ލޯޔަލް ކަސްޓަމަރުންތަކެއް އުފެއްދުމަކީ މިޓީމުން ބޭނުންވާ ކަމެއް ކަމަށެވެ.
“އަސްލު ބޭނުންވަނީ ރާއްޖޭގައި މިއޮތް އޮންލައިން މާރކެޓްގައި ކަސްޓަމަރުން ވެލިއު ކުރާ ބަޔަކު އުފައްދަން. ޒެނިކް ޝޮޕިންސްއިން މިމަސައްކަތް މިފެށީ. ﷲ އިރާދަ ކުރެއްވިއްޔާ މިމަސައްކަތް ވަރަށް ބާރަށް ކުރިޔަށްދާނެ، އަދި އޮންލައިން ޝޮޕިންސްގައި އެންމެ ކުރީގައި ފިޔަ ޖަހާނެ ދުވަހެއް އަންނާނެ ކަމަށް އުންމީދު މިކުރަނީ. ” ޒެނިކް ޝޮޕިންސްގެ މާރކެޓިން ޑިރެކްޓަރ ރީހާން ވިދާާޅުވިއެވެ.
އޮންލައިން ޝޮޕިންގް ޕޭޖްތަކަށް ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެފައިވާ މިދަޑިވަޅުގައި ޤަބޫލު ކުރެވެނީ ޒެނިކް ޝޮޕިންސްއިން ތަފާތު ދައްކާނެ ކަމަށެވެ.