އަހަރެމެންނަށް ފައިދާ ވާނެކަމަށް ދެކި ނުވަތަ ހިތްފަސޭހަކުރުމުގެ ގޮތުން އަދި ކޮންމެހެން ބޭނުންކުރަންޖެހޭ ކަމަށް ދެކިގެންވެސް ވަރަށް ގިނަ ތަކެތި ދިރިއުޅުގައި ބޭނުންކުރަމުއެވެ. ނަމަވެސް މިގޮތަށް ބޭނުންކުރާ ބައެއްތަކެތިން ކުރާ ނޭދެވޭ އަސަރާމެދު ވިސްނައިލެވެނީ ވަރަށް މަދު ފަހަރެއްގައެވެ. މިފަދަ ބައެއް ތަކެތިން އަހަރެމެންގެ ޒުވާންކަމާއި ރީތިކަމަށްވެސް ގެއްލުންލިބެ އެވެ. ގައިގެ ނާޒުކު ހަންގަނޑާއި ޒުވާން ހަށިގަނޑު އަވަހަށް މުސްކުޅި ވިޔަނުދީ ބެހެއްޓޭނީ މިތަކެއްޗަކީ ކޮބައިކަން ވީހައިވެސް އަވަހަކަށް ދެނެގަނެވި ޙައްލުތަކަކާމެދު ވިސްނައިލެވިގެނެވެ.
މިގޮތުން ކިރުހިއްޕި (ބުރާ) އަކީ އޭގެ ބޭނުން ނުބައިގޮތުގައި ހިފައިފިނަމަ އޭގެ ގެއްލުން އިންތިހާއަށް ބޮޑު އެއްޗެކެވެ.
އުރަމަތި ހަރުވުމަކީ ޒުވާންކަމުގެ ނިޝާނެކެވެ. ކިރުހިއްޕި ނުވަތަ ބުރާއަކީ ބިމަށް ދަމާ ބާރާއި ސީދާ އިދިކޮޅަށް މަސައްކަތްކުރާ އަދި އުރަމަތީގެ ޤުދުރަތީ ވަޅޯކަން ކަނޑުވާލާ އެއްޗެކެވެ. އަދި ބާރު ބުރާއެޅުމުން އުރަމަތި ގުޅޭ ހިސާބުގައި ވާ މޭމަތީގެ މަސްތަކުގެ ބާރު ދެރަކޮށްދޭކަމަށް ދިރާސާތަކުން ދައްކައެވެ. އިންސާނުންގެ ޢާއްމު ވިސްނުމާ ޚިލާފަށް ދުޅަހެޔޮ ޞިއްހަތާބެހޭ މާހިރުން ހާމަކުރާގޮތުން ބުރާއަކީ އުރަމަތީގެ ބޮޑުމިނާއި ސިފަ ވަކިގޮތަކަށް ހުންނަ މީހުން އެކަނި އެޅުމަށް ޙާއްޞަ އެއްޗެކެވެ.
ޙައްލު: ކޮންމެހެން ބޭނުންކުރަން ޖެހިގެން ނޫންގޮތަކަށް ބުރާ ބޭނުންނުކުރާށެވެ. ނުވަތަ އެއްގޮތަކަށްވެސް ބުރާ ނާޅާށެވެ.
Eyrun Aharemen Firihenun Nafsaanee gothun Bali kashi vaane ennu.. hehe
Dhen aharumen firehenunnah vaane gothakaa medhu dhiraasaa eh hadhaalin tha